ފަސްޓް ލޭޑީ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ އިސްލާމީ އުންމަތަށް އަމާންކަމާއި ހިތްހަމަޖެހުން މާތް މަތިވެރި ﷲ މިންވަރު ކުރައްވާ، ރާއްޖެއަށް ނަސްރާއި ނަސީބު އަބަދުމެ މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރައްވާފައެވެ.
ފަސްޓް ލޭޑީ އިތުރަށް ވަނީ ރާއްޖޭގެ ރައްޔިތުންނަށް ހިޖުރީ އާ އަހަރު، 1447 ގެ މުނާސަބަތުގައި، ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.