
މިމުބާރާތުގައި 1 ވަނަ ހާސިލުކޮށްފައިވަނީ ސ. ހިތަދޫ ފިނިއައްސޭރިއެވެ. އަދި 2 ވަނަ ހާސިލުކޮށްފައިވަނީ ސ. މީދޫ ހެޕީސަންއެވެ. މި މުބާރާތުގައި 1 ވަނައަށް 15,000 ރުފިޔާގެ ފައިސާގެ އިނާމް ދީފައިވާއިރު 2 ވަނައަށް 10,000 ރުފިޔާގެ ފައިސާގެ އިނާމް ދީފައިވެއެވެ.
މިގޮތުން 1446 ވަނަ އަހަރުގެ ބޮޑު އީދު އައްޑޫސިޓީގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ ގޮތުން "އައްޑޫ އީދި ސަމާ 1446" ގެ ނަމުގައި ހަރަކާތްތަކެއް އިންތިޒާމްކޮށްފައިވެއެވެ. އެގޮތުން ޖޫން 5 އިން 9ގެ ނިޔަލަށް 5 ދުވަހަށް ބަހާލައިގެން އައްޑޫސިޓީގެ 6 އަވަށުގައި އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތްތަކުގެ ތެރޭގައި ގެތައް ދިއްލައި ޒީނަތްތެރިކުރުމުގެ މުބާރާތް މިއަހަރުވެސް ބާއްވާފައިވެއެވެ.
މިދިޔަ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް އައްޑޫސިޓީގެ ރައްޔިތުން އީދަށް ގިނަ ގެތަކެއް ޒީނަތްތެރިކޮށް ދިއްލާފައިވެއެވެ. ގެތައް ދިއްލުމުގެ މުބާރާތުގައި 3 ވަނައަށް ހޮވުނު ފަރާތަށް 5,000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ދީފައިވާކަން ކައުންސިލުން ހާމަކޮށްފައިވެއެވެ. ބޮޑު އީދު މުނާސަބަތުގައި ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަކީ އައްޑޫސިޓީގެ ރައްޔިތުންނަށް ވަރަށް ބޮޑު އުފަލެއް ކަމަށް ކައުންސިލުން ބުނެއެވެ.