
މިނިސްޓަރު މިކަން ފާހަގަކުރެއްވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި އުޅަނދުތަކުގެ މެއިންޓެނަންސަށް ހިދުމަތުން ބައެއް ދުވަސްތަކުގައި އުޅަނދުތައް ނަގަން ޖެހުމުން ބެކަޕް އުޅަނދުތައް ހުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ނަމަވެސް އެއްވެސް ރޫޓެއް ހުއްޓާލާފައި ނުވާނެ ކަމަށާއި، އެއްވެސް އަތޮޅެއްގެ ހިދުމަތަށް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
ރައީސް މުއިއްޒުގެ އިރުޝާދާއެކު އާރްޓީއެލް ގެ ރޯލްއައުޓް ޕްލޭން 2027 އިން 2025 އަށް ކުރިއަސްކުރެވިފައިވާ ކަމަށާއި، މިދިޔަ އަހަރު ނ. އަތޮޅުގައި ހިދުމަތް ފެށުނު ކަމަށާއި، މި ޖޫންގައި ރ. އަތޮޅުގައި އަދި ޖުލައިގައި ބ. އަތޮޅުގައި ހިދުމަތް ފެށޭނެ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ. މީގެއިތުރުން، އެހެން އަތޮޅުތަކަށް ހިދުމަތް ފުޅާކުރުމަށް ބޭނުންވާ ލޯންޗްތައް ބަނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.