
އެ ހޮސްޕިޓަލުން ބުނީ އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހުޅުވިފައި އޮންނާނީ 29 ޖޫން ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން 8 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށްކަމަށެވެ.
މި ޕްރޮގްރާމަށް ކުރިމަތިލާ ޑޮކްޓަރުންގެ ޝަރުތުތަކުގެ ތެރޭގައި މެޑިކަލް ކޮލެޖް ނުވަތަ ޔުނިވާސިޓީއަކުން ދޫކޮށްފައިވާ އެމްބީބީއެސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް އޮތުމާއި، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުމާއި، ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުން ހިމެނެއެވެ. އެޕްލިކޭޝަން ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
އިންޓާންޝިޕް ޕްރޮގްރާމަށް ޝަރުތު ފުރިހަމަވާ 15 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ، ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނީ އެމްބީބީއެސް ފުރިހަމަކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށާއި އެޕްލިކޭޝަން މެއިލް ފޮނުވާފައިވާ ތަރުތީބަށް ބަލައިގެން ކަމަށެވެ. ޝަރުތު ހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ހުރިހާ ލިޔެކިޔުންތައް [email protected] އަށް 8 ޖުލައި 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން ފޮނުވަން ޖެހޭނެއެވެ.