މި ޓެކްސް ނެގުމަށް ނިންމާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
އެގޮތުން ކޮލެޖު ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60،000 ރިންގިޓް ނަގާ އަމިއްލަ ތައުލީމީ މަރުކަޒުތަކުން އެ ޓެކުހަށް ރަޖިސްޓްރީކުރަން ޖެހެ އެވެ. އަދި މަތީ ތައުލީމު ފޯރުކޮށްދޭ ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ބޭރުގެ ދަރިވަރުންނަށް ފުރުސަތު ދޭ ނަމަ، އެ ޓެކުހަށް ރެޖިސްޓާ ކުރަން ޖެހޭނެ އެވެ. ނަމަވެސް އެ ޓެކްސްއިން މެލޭޝިއާގެ ރައްޔިތުން އިސްތިސްނާ ވާނެ އެވެ.
މެލޭޝިއާގެ ފޮރިން މިނިސްޓްރީން ބުނީ މިއީ އެގައުމުގެ މާލީ ހާލަތު ރަނގަޅުކޮށް އާމްދަނީ އިތުރުކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށެވެ.
މެލޭޝިއާގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ކިޔަވަމުން ދާއިރު، އެ ދަރިވަރުންނަށް މި ޓެކުހުގެ ސަބަބުން ކޮލެޖު ފީ ބޮޑުވެގެންދާނެ އެވެ.