ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ހުޅުމާލެ ހޮސްޕިޓަލު އިރުކޮޅެެއްތެރޭ އާއްމު ހާލަތަށް ގެންނާނެ
ހުޅުމާލެ ހޮސްޕިޓަލަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް، ކުރިއަށް އޮތް ގަޑިއެއްހާއިރުގެ ތެރޭގައި ހިދުމަތްތައް އާންމު ހާލަތަކަށް ގެނެވޭނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.
Advertisement

ހުޅުމާލެ ހޮސްޕިޓަލްގެ މެއިން އިލެކްޓިކް ޕެނަލަށް ދިމާވި މައްސަލަ އަކާއި ގުޅީގެން ރެއިންސުރެ ވަނަ އެ ހޮސްޕިޓަލްގެ ހިދުމަތް މެދުކެނޑިފައެވެ. 

އެހެންކަމުން  އެ ހޮސްޕިޓަލްގެ އޯޕީޑީގެ ހިދުމަތް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓު 16ގައި ހުންނަ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށް ވަގުތީ ގޮތުން ބަދަލުކޮށްފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ. 

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުން ކަރަންޓް ކެނޑުނީ ޓްރާންސްފޯމަރުން ހޮސްޕިޓަލްގެ މައި އިމާރާތަށް ކަރަންޓު ދޭން ބޭނުންކުރާ ކޭބަލަށް މައްސަލަ ދިމާވެގެންކަމަށެވެ. 

އެހެންކަމުން ސްޓެލްކޯގެ މުވައްޒަފުން އައިސް ވަގޫތޫ ކޭބަލެއް ގުޅާ ހޮސްޕިޓަލަށް ކަރަންޓް ދެމުން އަންނަކަމަށް ހަލީމް ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް ގަޑިއިރެއްހާއިރުގެ ތެރޭގައި ހޮސްޕިޓަލްގެ ހިދުމަތްތައް އާއްމު ހާލަތަށް ގެނެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް