ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އީރާން
އިޒްރޭލުގެ ތިން ޖާސޫސުން އިރާނުން ދަންޖައްސައިފި
އިޒްރޭލުގެ މޮސާޑް އިންޓެލިޖެންސް އޭޖެންސީއަށް ޖާސޫސްކަން ކުރިކަމުގެ ދައުވާގައި ތިން މީހަކު އިރާނުން ދަންޖައްސާފައިވާ ކަމަށް އެގައުމުގެ ޖުޑިޝަރީއާ ގުޅުންހުރި މީޒާން ނިއުސް އޭޖެންސީން ހާމަކޮށްފިއެވެ.
Advertisement

މި ތިން މީހުން ދަންޖައްސާފައިވަނީ 2025 ވަނަ އަހަރުގެ ޖޫން 25 ވަނަ ދުވަހު އިރާނުގެ ވެސްޓް އަޒަރުބައިޖާން ޕްރޮވިންސްގައި ހިމެނޭ އުރުމިއާގައި ކަމަށް މައުލޫމާތު ލިބެއެވެ.

ދަންޖެއްސި މީހުންގެ ތެރޭގައި ހިމެނެނީ އިޑްރިސް އަލީ، އަޒާޑް ޝޮޖާއީ އަދި އިރާގުގެ ރައްޔިތެއް ކަމަށްވާ ރަސޫލް އަހުމަދު ރަސޫލްއެވެ. މި ތިން މީހުންނަށް ކުށް ސާބިތުވެފައިވަނީ މޮސާޑާއެކު މަސައްކަތްކޮށް، އިރާނުގެ އިސް އޮފިޝަލެއް އަވަހާރަކޮށްލުމަށް ބޭނުންކުރި އާލާތްތައް އިރާނަށް ވެއްދުމުގެ ދައުވާގައެވެ. އިރާނު-އިޒްރޭލް ދެމެދު ހިނގި ހަނގުރާމައިގައި ޖާސޫސްކަން ކުރިކަމުގެ ތުހުމަތުގައި މަރުގެ އަދަބު ދީފައިވާ މީހުންގެ އަދަދު މިހާރު ވަނީ ހަޔަކަށް އަރާފައެވެ. ޖޫން މަހުގެ ކުރީކޮޅު އިތުރު ތިން މީހަކަށް މަރުގެ އަދަބު ދިން ކަމަށްވެސް އިރާނުން ބުނެއެވެ.

ޖޫން 24 ވަނަ ދުވަހު އިރާނާއި އިޒްރޭލް ދެމެދު ފެށި 12 ދުވަހުގެ ހަނގުރާމަ ނިމުމަކަށް އައިސްފައިވާއިރު، މި މުއްދަތުގައި އިޒްރޭލާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ 700 ވަރަކަށް މީހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް އިރާނުގެ އޮތޯރިޓީތަކުން ބުނެފައިވެއެވެ. 

އެމްނެސްޓީ އިންޓަނޭޝަނަލް އަދި ހެންގޯ ފަދަ ހިއުމަން ރައިޓްސް ޖަމާއަތްތަކުން މި މައްސަލަތަކުގެ ޝަރީއަތްތައް އަދުލުވެރިކަމާއެކު ހިނގާފައިނުވާ ކަމަށް ބުނެ ފާޑުކިޔައި، ދަންޖައްސާފައިވާ މީހުން މަޖުބޫރުން އިއުތިރާފުވެފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. ދަންޖެއްސި މީހުންނަކީ  ސިޔާސީ ބަންދުކުރެވިފައިވާ މީހުން ކަމަށްވެސް މި ޖަމާއަތްތަކުން ފާހަގަކޮށްފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް