ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ނިއުރޭޑިއަންޓްގެ ދިދަ ހިފައިގެން އެ ކްލަބުގެ ސަޕޯޓަރުން
ނިއުއާ ވިކްޓްރީއަށް އަލުން އެފްއޭއެމްގެ މެންބަރުކަން
ނޯމަލައިޒޭޝަން ކޮމިޓީގެ ބެލުމުގެ ދަށުން މިއަދު ކުރިއަށް ގެންދިޔަ އެފްއޭއެމްގެ ކޮންގްރެސްގައި ފާސް ކުރި އެފްއޭއެމްގެ އާ އަސާސީ ގަވާއިދާ އެކު ނިއު ރޭޑިއަންޓާއި ވިކްޓަރީ އަށް އަލުން އެފްއޭއެމްގެ މެންބަރުންކަން ލިބިއްޖެ އެވެ.
Advertisement

ނިއުރޭޑިއަންޓާ ވިކްޓަރީއަކީ ރާއްޖޭގެ އެންމެ ދުވަސްވީ، އަދި އެންމެ ކާމިޔާބު ދެ ކްލަބެވެ. ދެ ކްލަބަށް މެންބަރުކަން ގެއްލުނީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު އެ ދެ ކްލަބު ސަސްޕެންޑް ކުރުމާ ގުޅިގެން މީގެ ހަ އަހަރު ކުރިންނެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ދުވަސްވީ ދެ ކްލަބަށް އެފްއޭއެމްގެ މެންބަރުކަން އަލުން ލިބުމުގެ ފުރުސަތު ފަހިވީ އާ އަސާސީ ގަވާއިދުގައި އެ ދެ ކްލަބް ނިސްބަތްވާ ޑިވިޝަނުގެ މެންބަރު ކްލަބްތަކުގެ އަދަދު އިތުރު ކުރުމުންނެވެ.

ވިކްޓަރީ ނިސްބަތްވާ ޑިވިޝަނުގެ މެންބަރު ކްލަބްތަކުގެ އަދަދު މިހާރުގެ އަސާސީ ގަވާއިދުން 10 އަށް ބަދަލު ކުރުމުން އެ ޑިވިޝަނަށް އެންމެ ފަހުން ކޮލިފައިވި ވިކްޓަރީ އާއި އޮޑި ސްޕޯޓްސް އަށް ވެސް މެންބަރުކަން ލިބުނީއެވެ. ނިއު ރޭޑިއަންޓް ވާދަކުރާ ދެވަނަ ޑިވިޝަނުން އެފްއޭއެމްގެ މެންބަރުންގެ އަދަދު ވަނީ 13 އަށް އިތުރުކޮށްފަ އެވެ. އެ ނިންމުމާ އެކު އެ ޑިވިޝަނުގައި މިހާރު އޮތް ހުރިހާ ކްލަބަކަށް އެފްއޭއެމްގެ ކޮންގްރެސްގައި ވޯޓް ދިނުމުގެ ފުރުސަތު ލިބޭނެ އެވެ. ކުރިން އެ ޑިވިޝަނުގެ މެންބަރު ކްލަބްތަކުގެ އަދަދަކީ 10 އެކެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ލީޑާޝިޕްގެ އިތުބާރު ނެތް ކަމަށް ނިއު އިން އިސްވެ، ހުށަހަޅަން އުޅުމުން މުސާރައިގެ މައްސަލައިގައި އެ ކްލަބް ޑިސެމްބަރު 2018 ގައި އެފްއޭއެމުން ސަސްޕެންޑް ކުރި އެވެ. އޭގެ ފަހުން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ވިކްޓަރީންނެވެ. މުސާރައިގެ މައްސަލާގައި އެ ކްލަބް ސަސްޕެންޑް ކުރީ 2019 ގެ ޑިސެމްބަރު މަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް