ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ކޮންސްޓްރަކްޝަން މަސައްކަތް: ފޮޓޯ އެޓޯލް ޓައިމްސް
ކޮންސްޓްރަކްޝަންއިން ލިބޭ ގެއްލުންތަކަށް ބަދަލު ލިބޭގޮތަށް އިންޝިއުރަންސް މަޖުބޫރު
އިމާރާތްކުރުމުގެ މަސައްކަތްތަކާ ގުޅިގެން ހިނގާ ހާދިސާތަކުން ލިބޭ ގެއްލުންތަކަށް ބަދަލު ލިބޭނެ ގޮތް ހަދައި އިމާރާތްކުރުމުގެ މަސައްކަތްތަކަށް އިންޝުއަރެންސް ނެގުން މަޖުބޫރު ކޮށްފިއެވެ.
Advertisement

މިއީ އިމާރާތްކުރުމުގެ ގަވާއިދު ނަންބަރު 2019/R-1019 އަށް ގެނެވުނު 5 ވަނަ އިސްލާހާ ގުޅިގެން އައި ބަދަލެކެވެ. 

މި ގެނެވުނު އިސްލާހުގެ ދަށުން، އިމާރާތްކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު ވަށައިގެންވާ މާހައުލާއި މަސައްކަތުގައި އުޅޭ މީހުންނާއި، އިމާރާތްތަކާއި ބިނާތަކާއި، ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި، މީހުންގެ މުދަލާއި އެއްގަމު އުޅަނދުފަހަރަށް ލިބިދާނެ ގެއްލުމަކަށް ބަދަލު ދިނުމަށް ކަވަރޭޖް ލިބޭގޮތަށް ކޮންމެ ޕްރޮޖެކްޓަކަށް އިންޝުއަރެންސް ކަވަރޭޖެއް ހޯދުން މަޖުބޫރު ކޮށްފައިވެއެވެ. މީގެ އިތުރުން ޕްރޮޖެކްޓް ލައިސަންސް ދޫކުރުމުގައި އިންޝުއަރެންސްގެ ލިޔެކިޔުންތައް ހުށަހެޅުން ލާޒިމުކޮށްފައިވެއެވެ.

ގަވާއިދަށް ގެނެވުނު މި ބަދަލަކީ އިމާރާތްކުރުމުގެ ސިނާއަތުގައި ހިނގާ ހާދިސާތަކުން ލިބިދާނެ ގެއްލުންތަކަށް ބަދަލު ދިނުމުގެ ނިޒާމެއް ގާއިމުކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ބުނެއެވެ. މި ބަދަލުގެ ސަބަބުން އިމާރާތްކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވައި، އެފަދަ މަސައްކަތްތަކުގެ ސަބަބުން ތިމާވެއްޓަށާއި އާންމުންނަށް ލިބިދާނެ ނުރައްކާތައް ކުޑަކުރެވޭނެއެވެ. މީގެ އިތުރުން، އިންޝުއަރެންސް ނެގުމުގެ ގަވާއިދު ހަރުދަނާވެ، ކޮންމެ އިމާރާތްކުރުމުގެ މަސައްކަތެއްވެސް ހުއްދަ ލިބުމުގެ ކުރިން އިންޝުއާ ކޮށްފައިވާކަން ކަށަވަރުކުރެވޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް