
މިނިސްޓަރު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ކުރެއްވި ޕޯސްޓުގައި، ގައުމުގެ ކުރިމަގު ބައްޓަންކުރުމުގައި އިސްރަށްވެހިންގެ ތަޖުރިބާ ހިއްސާކުރުން މުހިންމުކަމަށް ފާހަގަކުރައްވައި، އުނގޫފާރު ސައިފު ޖަމްއިއްޔާއިން އެ ފުރުސަތު އިސްރަށްވެހިންނަށް ފަހިކޮށްދެއްވާތީ އުފާފުޅުވާކަމަށް ވިދާޅުވިއެވެ. މިގޮތުން ރ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި، އުނގޫފާރު ސައިފު ޖަމްއިއްޔާއިން ބޭއްވި އިސްރަށްވެހިންގެ ހަވީރުގައި ބައިވެވަޑައިގެން އުފާވެރި ވަގުތުކޮޅެއް އިސްރަށްވެހިންނާއެކު ހޭދަކުރެއްވިއެވެ.
އުނގޫފާރު ސައިފު ޖަމްއިއްޔާއަށް 64 އަހަރު ފުރުމާ ގުޅިގެން ބޭއްވުނު މި ހަވީރުގައި މިނިސްޓަރު ބައިވެރިވެވަޑައިގަތުމަކީ އިސްރަށްވެހިންނަށް ކުރެއްވޭ އިހުތިރާމުގެ ނިޝާނެއްކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އަދި މިނިސްޓަރުގެ މި ބަހުން ސަރުކާރުން އިސްރަށްވެހިންގެ ހުނަރާއި ތަޖުރިބާއަށް ދެއްވާ އަހަންމިއްޔަތުކަން ހާމަވެގެންދާކަމަށް ފާހަގަކުރެވެއެވެ.