
ގއ. ކޮލަމާފުށި
މަސްތުވާތަކެތި ހުރި ފޮށިގަނޑަކާއެކު ފިލަން އުޅުނު މީހަކު ސައިކަލުން ވެއްޓި އަނިޔާވެއްޖެ
ގުފްތަގް އަޖީރު
28 ޖޫން 2025 - 12:20:14
ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމަށް ބެލެވޭ މީހަކު ފުލުހުން ހުއްޓުވަން އުޅުނުއިރު ފިލަން މަސައްކަތްކުރުމުގެ ތެރޭގައި ސައިކަލުން ވެއްޓި އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މައުލޫމާތާ ގުޅިގެން ބޭއްވި އޮޕަރޭޝަނެއްގައި ގއ. ކޮލަމާފުށި، ދޮންވެލިގޭ ޝިފާއުﷲ ސައީދު (44 އަހަރު) ހުއްޓުވާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓެއް އޭނާ ގެނައި ފޮށިގަނޑަކުން ފެނުނެވެ. ޝިފާއުﷲ ހުއްޓުވުމުން މަޑުނުކޮށް ސައިކަލަށް އަރައިގެން ދާން އުޅުމުގެ ތެރޭގައި ވެއްޓި އޭނާގެ ކަނާތު ކަކުލާއި އުޅަނބޮށި މަށައިގެންގޮސް އަނިޔާވިއެވެ.
މި މައްސަލައާ ގުޅިގެން ޝިފާއުﷲ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 11 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް