މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އިން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވާއިރު، ސިނަމާލެ ބްރިޖާއި ހައިވޭގައި ދުއްވާ ފަރާތްތަކުން ސަމާލުވުމަށާއި ދަތުރުކުރާއިރު ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މި އެލާޓް ނެރެފައިވަނީ މިއަދު މެންދުރު ފަހު 1:30 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށެވެ.
އުދައިގެ ސަބަބުން ދިމާވެދާނެ ހާދިސާތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރެއިން، ބްރިޖު މަތީ ސައިކަލު ދުއްވުން މަދުކުރުމަށް ބާރުއަޅައި، ހަތަރު ފުރޮޅުލީ އުޅަނދުތަކުން ދަތުރުކުރުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.