ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް
އެމްޑީޕީ ހަރުގެ ނުހިގާ ސަބަބު ފައްޔާޒު ހާމަކުރައްވައިފި
އެމްޑީޕީގެ ހަރުގެތަކާއި ޖަގަހަތައް ރަނގަޅަށް ނުހިގާ އެންމެ ބޮޑު ސަބަބަކީ މެމްބަރުންނަށް ވަޒީފާ ގެއްލުމުގެ ބިރު އޮތުމުން އެތަންތަނަށް ދާން ޖެހިލުންވުން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
Advertisement

ފައްޔާޒް ވިދާޅުވީ ހަރުގެ ނުހިންގޭ އެންމެ ބޮޑު މައްސަލައަކީ މާލީ ދަތިކަންތައް ނޫން ކަމަށާއި، ބައެއް ރަށްތަކުގައި ވަރަށް ރަނގަޅު ހާލަތުގައި ހަރުގެތައް ހުރި ނަމަވެސް ވަޒީފާ ގެއްލިދާނެ ކަމުގެ ބިރުން މެމްބަރުން އެތަންތަނަށް ދިއުމަށް ޖެހިލުންވާ ކަމަށެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ ޗެއަރޕާސަންކަމުގެ ގޮނޑިއަށް އިސްވުމަށް ކުރެއްވި ކެމްޕެއިނުގެ މައިގަނޑު އެއް ޝިއާރަކީ "ހިންގާލަން" ކަމަށާއި ހަރުގެތަކުގައި މަސައްކަތްތައް ހަރުދަނާކުރުން ވަނީ އެގޮތުން ކުރުމަށް ކަނޑައަޅާފައިވާ މުހިންމު މަސައްކަތެއްގެ ގޮތުގައި ހިމަނާފައެވެ. ނަމަވެސް އެ ވައުދު އަދިވެސް ރަނގަޅަށް ފުއްދިފައި ނުވާ ކަމަށް ފައްޔާޒް ބުންޏެވެ. ފައްޔާޒް ވިދާޅުވީ، އިސްވެވަޑައިގެން އެންމެ ފުރަތަމަ ކުރަންޖެހުނީ ޕާޓީގެ އެތެރޭގެ ކޯޅުންގަނޑު ހައްލުކުރުމުގެ މަސައްކަތް ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ނިމުނުއިރު ޕާޓީގެ ވަރަށް ބޮޑެތި ދަރަނިތައް ހުރި ކަމަށާއި އެހެންކަމުން ދައުލަތުން ލިބުނު ފައިސާއިން ބޮޑު ބައެއް ހަރަދުކުރަންޖެހުނީ އެ ދަރަނިތައް އަދާކުރަން ކަމަށެވެ. އަދިވެސް ދަރަނިތައް އެއްކޮށް ދައްކައި ނިމިފައި ނުވާ ކަމަށާއި އެހެންކަމުން ނިމިދިޔަ އަހަރުގެ ތެރޭގައި ބަޖެޓުގެ ގޮތުގައި ލިބޭ އެއްޗަކުން 60 ޕަސަންޓު ދިނުމުގެ މަސައްކަތްތައް ވެސް ހުއްޓިފައިވާކަމަށް އެނާ ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް