ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ފައިނުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުން - ފޮޓޯ: ފައިނު އޮންލައިން
ފައިނު އެކްސިޑެންޓުގައި އަނިޔާވި ޓީޗަރާއި 2ކުދިން ވެންޓިލޭޓަރުގައި
ރ. ފައިނުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ ކުދިންނާއި ަޓީޗަރްށަ ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
Advertisement

ފައިނުގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ ދަރިވަރުން އިތުރު ފަރުވާއަށް މާލެ ގެނައީ އިއްޔެ މެންދުރުފަހުއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްވީ 18 އަހަރުން ދަށުގެ ދެ ކުދިން ދުއްވި ސައިކަލެއް ކަސްރަތަށް ނުކުމެ އުޅުނު ބައެއްގެ ގައިގައި ޖެހިގެންނެވެ. މި ދެކުދިން ދުއްވި ސައިކަލް ޖެހިފައިވަނީ 49 އަހަރުގެ މީހެއްގެ ގައިގައެވެ. އެއީ އެ ރަށު ސްކޫލްގެ ޓީޗަރަކެވެ. 

އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް އެ މީހުންވަނީ ރ. އުނގޫފާރު ހޮސްޕިޓަލަށް އެރޭ ގާތްގަނޑަކަށް 21:30 ހާއިރު ގެންގޮސްފަ އެވެ.

ހާދިސާގައި އެކްސިޑެންޓުވި ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް