
މި މަޝްރޫއުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާއިރު، މިވަގުތު ކުރިއަށްދަނީ ބަނދަރުގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްކަން އެމްޓީސީސީން ހާމަކޮށްފިއެވެ.
މިގޮތުން 25.88 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން، 14،300 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 38 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، 248 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
އެމްޓީސީސީއިން ބުނިގޮތުގައި ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށްދަނީ ހުއްޓުމެއްނެތި ރޭވިފައިވާ ގޮތުގެ މަތިންނެވެ. ނަމަވެސް މަޝްރޫއު ފުރިހަމަވާނެ ތާރީހެއް އެމްޓީސީސީއިން ހާމަކޮށްފައެއް ނުވެއެވެ.