ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ނަރުދޫއަށް އުދަ އަރާފައި - ފޮޓޯ:ނަރުދޫ އެމްވީ
މިއަދު އުދައަރައި ގުގުރުމާއެކު ވިއްސާރަކުރާނެ: މެޓް
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު އުދައަރައި ގުގުރުމާއެކު ވިއްސާރަކުރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފިއެވެ.
Advertisement

މިގޮތުން އުތުރާއި މެދުރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުކޮށް ގުގުރުމުގެ ފުރުސަތު ބޮޑުކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށްވެސް އެ އޮފީހުން ހާމަކޮށްފައިވެއެވެ.

މެޓް އޮފީހުން ބުނީ މޫސުން ގޯސްވެފައިވާތީ މުޅި ރާއްޖެއަށް އުދަ އެރުމުގެ ފުރުސަތު އޮތްކަމަށެވެ. ހަމައެއާއެކު ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް އާއްމު ގޮތެއްގައި މިއަދު މޫސުން ރަނގަޅުވާނެކަމަށްވެސް އެ އޮފީހުން ލަފާކޮށްފައިވެއެވެ. މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު، ރައްޔިތުން މިކަމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.

މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އދ. މާމިގިލިއަށެވެ. އެރަށަށް 30 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅުލެއަށްކަމަށް އެ އޮފީހުން ބުންޏެވެ. ފާއިތުވި ދުވަސްތަކުގައިވެސް މޫސުން ގޯސްވެ މާލެއާއި ށ. ފުނަދޫފަދަ ރަށްތަކަށް އުދައަރައި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް