ޖަލްސާގައި ކުންފުނީގެ ޗެއާޕާސަން އާއިޝަތު ނުރައިން ޖަނާހުގެ އިތުރުން، ކުންފުނީގެ ބޯޑު ޑިރެކްޓަރުންނާއި ސީއީއޯ އަދި އެމްޑީ އިބުރާހިމް ޝަރީފް މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
ޗެއާޕާސަން ވިދާޅުވީ ކުންފުނިން ހާސިލުކުރި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް އެބަހުރިކަމަށެވެ. ކުރިއަށް އޮތް މުސްތަގުބަލުގައި ކުންފުނީގެ ކުރިއެރުމަށް އެޅިގެންދާނެ ހަރުދަނާ ފިޔަވަޅުތަކާ ބެހޭގޮތުން ގިނަ މައުލޫމާތުތަކެއް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކާ ހިއްސާކުރެވުނެވެ.
އެމްއޭސީއެލްއަކީ ރާއްޖޭގެ އެއާޕޯޓުތައް ހިންގާ މައި ކުންފުނި ކަމަށްވެފައި، މި ކުންފުނީގެ ކުރިއެރުމާއި ތަރައްގީއަކީ ރާއްޖޭގެ އިގުތިސާދަށް ސީދާ އަސަރުކުރާނެ ކަމެކެވެ. ޖަލްސާގައި ކުންފުނީގެ މާލީ ހާލަތާއި، ކުރިއަށް ރޭވިފައިވާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ހާމަކުރެވުނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;