އެކްސްގައި އައްބާސްކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން އެކު ނަންނަމުގައި މަޝްރޫއިތައް ހިންގަން ރަށްރަށށް ގޮސް އެއްބަސްވުންތަކުގައި ސޮއިކުރި ނަމަވެސް އެއްވެސް މަޝްރޫއެއް އެއްވެސް ރަށެއްގައި ނުހިގާކަމަށެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ވޯޓް ދޭންޖެހޭ ސަބަބެއް ނެތްކަމަށެވެ.
އައްބާސް ވިދާޅުވީ އޭނާ ހިމެނިވަޑައިގަންނަވާ ނ.އަތޮޅުގެ އެއްވެސް ރަށެއްގައި މިސަރުކާރުން އިއުލާންކުރި އެއްވެސް މަޝްރޫއެއް ނުހިނގާކަމަށެވެ. އަދި ކުރީ ސަރުކާެރުން ފެށި ކަންކަންވެސް ކުރިޔަށް ނުދާކަމަށާއި މި ސަރުކާރު ވެރިކަމަށް ގެެނެސްދިން ރައްޔިތުން ތިބީ މާޔޫވެސްފައިކަމަށެވެ.
ދެން އޮންނަ ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ އޭޕްރިލް މަހު ބާއްވަން ތައްޔާރުވަމުން އަންނަކަމަށް އިލްކެޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
މި އިންތިހާބަށް ކެމްޕެއިން ސިޔާސީ ޕާޓީތަކުން ފަށާފައިވާއިރު ސަރުކާރު ހިންގާ ޕީއެންސީގެ ޓީމުތައް ވަނީ ރަށްރަށަށް ދަތުރުތައް ފަށާފަފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;