ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އެމްޓީސީސީގެ މަހާ ޖައްރާފް
މަހާޖައްރާފު ކޮންނަބޯޓަށް 30,000 ރުފިޔާގެ މުސާރައިގައި ކައްކާއެއް ހޯދަނީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން 30,960 ރުފިޔާގެ މުސާރައިގައި މަހާޖައްރާފު ކޮންނަބޯޓަށް ކައްކާއެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.
Advertisement

މި ކައްކާ ހޯދަނީ އެ ކުންފުނީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަނަށެވެ. މި މަގާމަށް މީހަކު ހޮވުމުގެ ސުންގަޑިއަކީ އަންނަ އަންގާރަ ދުވަސް ކަމަށް އެމްޓީސީސީއިން ބުންޏެވެ.

އެމްޓީސީސީއިން ކުރި އިއުލާނުގައިވާ ގޮތުން، މުސާރައިގެ އިތުރުން ކައްކާއަށް ސިއްހީ އިނާޔަތާއި ޕެންޝަން އިނާޔަތްވެސް ލިބޭނެއެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ކަނޑުމަތީގައި ކައްކާއެއްގެ ގޮތުގައި މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ލިބިފައި ހުންނަންވާނެއެވެ. އަދި ސެޓިފިކޭޝަން އެންޑް ވޮޗްކީޕިން ފޯ ސީފެއަރާސް (އެސްޓީސީޑަބްލިއު) މެނިލާ 2010 ގެ ދަށުން ހުރިހާ ސެޓްފިކެޓްތަކެއް ހުރުންވެސް ލާޒިމުކުރެއެވެ.

ކައްކާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކްރޫއަށް ކެއުން ތައްޔާރުކުރުމާއި، ކާބޯތަކެތީގެ ސާފުތާހިރުކަން ބެލެހެއްޓުމާއި، ކެއުންތައް ތައްޔާރުކުރުމުގައި ބޯޓުގެ މާސްޓަރާ މަޝްވަރާކުރުމާއި، ކެއުންތަކުގެ ފެންވަރު ކަށަވަރުކުރުމާއި، ބޯޓުގެ ކައްކާބައި އަދި ޕްރޮވިޝަން ސްޓޯ ބެލެހެއްޓުމާއި، މާސްޓަރާ ގުޅިގެން ޕްރޮވިޝަން ސްޓޮކް ބެލެހެއްޓުމާއި އަދި ޕްރޮވިޝަން އެޑްމިނިސްޓްރޭޝަން ބެލެހެއްޓުން ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް