ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
"ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ދެވަނަ ފިޔަވަހި އައްޑޫގައި ކުރިއަށްގެންދަވަނީ
އައްޑޫ ސިޓީގައި "ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ދެ ވަނަ ފިޔަވަހި ފަށައިފި
"ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ދެވަނަ ފިޔަވަހި އައްޑޫ ސިޓީގައި މިދިޔަ ބުރާސްފަތި ދުވަހު ފަށައިފިއެވެ.
Advertisement

ޖެންޑާ މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީގެ ހުރިހާ ރަށެއްގެ ގޭބިސީތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އައްޑޫ ސިޓީގައި "ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންގޮސްފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ޕްރޮގްރާމް އައްޑޫގައި ފެށުމުގެ ގޮތުން ޖެންޑާ މިނިސްޓްރީގެ ޓީމުން ވަނީ އައްޑޫ ސިޓީގެ ކައުންސިލާ ބައްދަލުކޮށް، އެ މަސައްކަތް ކުރިއަށްގެންދާނެގޮތާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަލް ލަހުފާއާއި އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މި ޕްރޮގްރާމު އައްޑޫގައި ކުރިއަށް ގެންދިއުމުގައި ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ކައުންސިލުން ވަނީ ދެއްވާފައިވެއެވެ.

"ހާލު ކިހިނެއް؟" ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ރައްޔިތުންގެ ހާލަތު ދެނެގަނެ، ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން މީހުން ދިރިއުޅޭ ގޭބިސީތަކަށް ޒިޔާރަތްކުރުމާއެކު، ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް މެޕް ކުރުމުގެ މަސައްކަތްތައް ކުރެވިގެންދާނެއެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އައްޑޫގައި ދިރިއުޅޭ ދިވެހިންގެ އާބާދީ 20،000 އިން މައްޗަށް އަރާ ކަމަށާއި އައްޑޫއަކީ މާލެ ފިޔަވައި އެއް ސަރަހައްދެއްގައި އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ ސަރަހައްދު ކަން ފާހަގަކުރެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް