ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން
3600 އަށްވުރެ ގިނަ ދަރިވަރުން ފުލުހުންގެ ޓްރެފިކް ޕްރޮގްރާމް ނިންމައިފި
މަގުމަތީގެ ސަލާމަތަށްޓަކައި 3628 ދަރިވަރުން މިހާތަނަށް ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމާފައިވާކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.
Advertisement

މި ވާހަކަ ސީޕީ ވިދާޅުވީ ށ. މިލަންދޫގައި ބޭއްވުނު ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްގެ 115 ވަނަ ބުރު ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ސީޕީ ނަވީން ވިދާޅުވިގޮތުގައި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުރު ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުރުމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓާ ޖީލެއް ބިނާކުރުމުގެ މަގްސަދުގައި ފެށިފައިވާ ޕްރޮގްރާމެކެވެ. މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރެވޭނީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައިކަންވެސް ސީޕީ ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމަކީ ފުލުހުންނާއި ގުޅިގެން ސްކޫލް ކުދިންނަށް ހިންގޭ އެކްސްޓްރާކަރިކިއުލަރ އެކްޓިވިޓީއެއްގެ ގޮތުގައި ފެއްޓުނު ޕްރޮގްރާމެއްކަމަށް ސީޕީ ވިދާޅުވިއެވެ. އޭރު ބެލެނިވެރިންނާއި ޓީޗަރުންގެ ފަރާތުން ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، އެކަންކަން މަޝްވަރާކޮށް ވާހަކަ ދައްކައިގެން ހައްލުކުރެވި، މިއަދު މި ޕްރޮގްރާމް ވަނީ ކާމިޔާބު ޕްރޮގްރާމަކަށް ވެފައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިލަންދޫގައި ބޭއްވުނު ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲ އާއި އެހެނިހެން އިސްވެރިންނާއި ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް