
އޭނާ އެމަގާމަށް އައްޔަން ކުރެއްވީ ޗެއާޕާސަންގެ ދައުރު ޖޫން 19 ގައި ހަމަވާތީ އެމަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިންނެވެ.
ޕެންޝަން އޮފީހުން ބުނީ އެ މަގާމަށް އިނާޒު އަލުން މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.
މިހާރު އެ ބޯޑުގައި ތިއްބެވި މެންބަރުންނަކީ
- ޝިފާޒާ ވަޖީހު
- ފާތިމަތު އަބްދުﷲ ކަމާލުއްދީން
- އަޝްރަފް ރަޝީދު
- މިޒްނާ އަހްމަދު
- އަބްދުލްމަޖީދު އަލީ
- އަހްމަދު ޝަރުވަޝް އާދަމް
- މުހައްމަދު މަދީން ލަތީފް
އިނާޒްއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.
ޑރ.އިނާޒްއަކީ ނިއުޒިލޭންޑްގެ ޔުނިވަރސިޓީ އޮފް އޯކްލޭންޑްއިން ޑޮކްޓޯރަލް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން، ޔޫކޭގެ ޔުނިވަރސިޓީ އޮފް ވެސްޓްމިންސްޓަރއިން އިންޓަރނޭޝަނަލް ބިޒްނަސް އިކޮނޮމިކްސްގެ ރޮނގުންނާއި، ޔުނިވަރސިޓީ އޮފް މެންޗެސްޓަރއިން ޑިވެލޮޕްމަންޓް އިކޮނޮމިކްސް އެންޑް ޕޮލިސީގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައި ވެއެވެ. އަދި ސިންގަޕޫރުގެ ނޭޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޯރއިން އިކޮނޮމިކްސްގެ ރޮނގުން ބެޗްލަރސް ޑިގްރީ ހާސިލްކުރައްވާފައި ވެއެވެ.