ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން--
ދަރިވަރުން ގްރޫމްކުރި ޓީޗަރު ވަޒީފާއިން ވަކިކުރީ ރަނގަޅަށް: ޓްރައިބިއުނަލް
އުތުރުގެ ރަށެއްގެ ސްކޫލެއްގައި ކިޔަވަމުން ދިޔަ ފިރިހެން ދަރިވަރުންތަކެއް ގްރޫމްކުރަން މަސައްކަތް ކުރިކަމުގެ ތުހުމަތު ކުރެވޭ ފިރިހެން ޓީޗަރު ސަސްޕެންޑްކޮށް ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފިއެވެ.
Advertisement

މިއީ ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކުގެ ތެރެއިން ރަށެއްގައި ދިވެހިބަސް ކިޔަވައިދޭ ޓީޗަރެއްގެ މައްސަލައެވެ. ކުޑަ ފިރިހެން ކުދިންތަކަކަށް ބަރަހަނާ ފޮޓޯ ފޮނުވައި ހެދި މި ޓީޗަރު ވަޒީފާއިން ވަކިކުރީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ވަޒީފާއިން ވަކިކުރުމުން އެ ޓީޗަރުވަނީ އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅައި، އަލުން ވަޒީފާ ހޯދުމަށް އެދިފައެވެ.

މި މައްސަލައަކީ ކުޑަކުދިންތަކެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ، އެ ޓީޗަރުގެ ނަމާއި މަސައްކަތް ކުރި މަދަރުސާގެ ނަން ފަދަ މައުލޫމާތު މި ހަބަރުގައި ނުހިމެނީއެވެ.

ގާނޫނުގައި ބުނާ ގޮތުން ކުޑަ ކުއްޖަކު ގްރޫމް ކުރުމަކީ ޖިންސީ އަމަލެއް އެ ކުއްޖާއާމެދު ހިންގުމަށްޓަކައި އެ ކުއްޖާއަށް ފައިސާ ނުވަތަ އެ ނޫން ވެސް މާއްދީ އެއްޗެއް ދީގެން އެ ކުއްޖާއާ ޖަޒުބާތީ ގުޅުމެއް ގާއިމްކޮށް، ކުއްޖާގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރުމެވެ. މި ކޭސްއާ ގުޅިގެން އެ ޓީޗަރު ވަޒީފާއިން ވަކިކޮށްފައިވާއިރު، މައްސަލައިގެ ޖިނާއީ ތަހުގީގުވެސް ކުރިއަށްދާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. މައްސަލަ ސާބިތުވެއްޖެނަމަ، އެ ޓީޗަރުގެ މައްޗަށް ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް