ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އދ. ދިގުރަށް ކައިރިއަށް ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވި 15 އަހަރުގެ ކުއްޖާ މަންމަ އާއި ބައްޕަ
ރާއްޖޭގައި ބުރަފަތީގެ ޖެހި މަރުވި ކުއްޖާގެ އާއިލާއިން އަމިއްލަ ތަހުގީގެއް
އދ. ދިގުރަށް ކައިރިއަށް ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވި 15 އަހަރުގެ ކުއްޖާ މަރުވި ހާދިސާ ހިނގިގޮތް ބަލަން އޭނާގެ އާއިލާއިން އަމިއްލައަށް ފަށައިފިއެވެ.
Advertisement

މި ކުއްޖާ ނިޔާވީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 8 ވަނަދުވަހު ހިނގި މި ހާދިސާގައި މަރުވެފައިވަނީ ޖެނާ ޗެން ކިޔާ ސިންގަފޫރް އަންހެން ކުއްޖެކެވެ. ސިންގަޕޫރުގެ އެސްޓީ ޖޯސެފްސް އިންސްޓްޓިއުޓް (އެސްޖޭއައި) ކިޔަވަމުން އަންނަ 15 އަހަރުގެ ޖެނާ ރާއްޖެ އައިސް އުޅެނީ ސްޓަޑީ ޓްއާއެއްގައިކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ކުއްޖާ ދިގުރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައިވާކަމަށް އޭރުން ފުލުހުން ވަނީ ބުނެފައެވެ.

އެ ކުއްޖާގެ މަންމައާއި ބައްޕަ އިނގިރޭސި ނޫހެއް ކަމަށްވާ ދަ ޓައިމްސްއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނީ މި މައްސަލާގައި ދިވެހި ފުލުހުން ހިންގަމުންދަނީ ފުރިހަމަ ތަހުގީގެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި ޖެެނާގެ މަންމަ ބުނީ އެމީހުްނެގ ދަރިގުޅު މަރަށް އިންސާފު ބޭނުންވާކަމަށެވެ. 

ޖެނާ މަންމަ ބުނީ ދަރިފުޅުގެ މަރުވި ގޮތް ތަހުގީގުކުރަން އަމިއްލައަށް މަސައްކަތް ފަށާފައިވާކަމަށާއި މިކަމުގައި ބޯޓުން ދަތުރުކުރި މީހުންގެ ފަރާތުން މައުލޫމާތު ހޯދަން އުޅުމުން އެކަމަށް ހުރަސްއަޅާފައިވާކަމަށެވެ.

ދަރިފުޅު ޖެނާގެ މަރަށް އިންސާފު ހޯދުމަށް ރާއްޖެއިން ވަކީލެއް ހޯދުމުގެ މަސައްކަތް އެއާއިލާން ވަނީ ފަށާފައެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ފަންޑެއްވަނީ ހުޅުވާލާފައެވެ. އަދި މި ފަންޑަށް މިހާތަނަށް 6،595 ޕައުންޑު ލިބިފައިވާކަމަށް އެ އާއިލާއިން ބުނެއެވެ. 

ޖެނާ މަރުވި  ހާދިސާ ހިނގި ގޮތް ބެލުމަށް އެކުއްޖާ ނިސްބަތްވާ ސިންގަޕޫރޫގެ ޓީމެއް އޭރު ވަނީ ރާއްޖެ އައިސްފައެވެ. އެ ޓީމުގައި އެ ކުއްޖާގެ އާއިލާ ބައެއް މީހުންނާއި އެ ކުއްޖާ ކިޔަވަމުން އަންނަ ސްކޫލްގެ ބައެއް އިސްވެރިންވެސް ރާއްޖެ އައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް