ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ތިނަދޫ އުތުރު ދައިރާގެ މެމްބަރުން ސައުދުﷲ ހިލްމީ
ފަނޑިޔާރުކަމުން ވަކިވުމުން ވަކީލަކަށް ނުވެވޭ އިސްލާހެއް
ފަނޑިޔާރަކު މަގާމުން ވަކިވުމަށް ފަހު ވަކި މުއްދަތެއްވަންދެން، ކުރިން މަސައްކަތް ކުރި ކޯޓުގައި ވަކާލާތު ނުކުރެވޭ ގޮތަށް ފަނޑިޔާރުގެ ގާނޫނުގައި ހިމަނައިފިއެވެ.
Advertisement

ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރުން ގިނަ އިސްލާހުތަކެއް މިހާރުވަނީ ހުށަހަޅައިފައެވެ. ސަރުކާރުގެ ފަރާތުން، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެވެ. ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ފުރަތަމަ ކިޔުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ އިއްވާފައެވެ.

ފަނޑިޔާރުންގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ފަނޑިޔާރުކަމުގެ މަގާމުން ވަކިކޮށްފި ނަމަ ނުވަތަ އަމިއްލަ އަށް މަގާމުން ވަކިވިޔަސް، ވަކި މުއްދަތެއް ވަންދެން އެ ކޯޓެއްގައި ވަކާލާތު ނުކުރެއްވޭ ގޮތް ހެދުމަށްވަނީ ހިމަނާފައެވެ.

ވަކި މުއްދަތެއް ވަންދެން ފަނޑިޔާރަކު މަސައްކަތްކުރި ކޯޓެއްގައި ވަކާލާތުކުރުން މަނާވަނީ އެ ގާނޫނުގެ 30 ވަނަ މާއްދާގަ އެވެ. އެ މާއްދާގައި ބުނަނީ ފަނޑިޔާރެއްގެ މަގާމުގައި ހުރި މީހަކު ފަނޑިޔާރުކަމުން ވަކިވެއްޖެ ނަމަ ނުވަތަ އެއްވެސް ސަބަބަކާ ހުރެ ފަނޑިޔާރުކަމުން ވަކިކޮށްފި ނަމަ އެ ވަކިވި ނުވަތަ ވަކިކުރި ތާރީހުން ފެށިގެން ދެ އަހަރު ވަންދެން، އެ ފަނޑިޔާރަކު ފަނޑިޔާރުކަމުން ވަކިވާ ދުވަހާ ހަމައަށް ނުވަތަ ވަކިކުރުމާ ހަމައަށް ފާއިތުވި ތިން އަހަރު ފަނޑިޔާރުކަން ކޮށްފައިވާ އެއްވެސް ކޯޓަކަށް އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި ހާޒިރުނުވެވޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް