ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ހެލްތު މިނިސްޓަރު ނާޒިމް، ބިދޭސީންގެ ސިއްހަތާ ގުޅޭ ގައުމީ ސިޔާސަތު މިއަދު ލޯންޗުކޮށްދެއްވަނީ - ފޮޓޯ: ހެލްތު މިނިސްޓްރީ
ބިދޭސީންގެ ސިއްހަތާ ބެހޭ ސިޔާސަތު ރަސްމީކޮށް އިފްތިތާހުކޮށްފި
ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި އެކުލަވާލި ބިދޭސީންގެ ސިއްހަތާ ބެހޭ ގައުމީ ސިޔާސަތު ރަސްމީކޮށް އިފުތިތާހްކޮށްފި އެވެ.
Advertisement

މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސިޔާސަތު އާންމު ކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

ހެލްތު މިނިސްޓްރީން ބުނީ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އަދި ކަމާގުޅުން ހުރި އިދާރާތަކާއި ޖަމިއްޔާތަކުގެ ބައިވެރިވުމާ އެކު، އެކުލަވައިލި ޕޮލިސީގެ ބޭނުމަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި ބަލިތައް ފެތުރޭ މިންވަރު ކުޑަކުރުމާއި މައިގްރޭޝަން ސައިކަލްތަކުގެ ހުރިހާ މަރުހަލާއެއްގައި އެ މީހުންގެ ސިއްހީ ހާލަތު ރަނގަޅު ކުރުން ކަމަށެވެ.

މި ސިޔާސަތު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު ވިދާޅުވީ، މިއީ ސިއްހީ ދާއިރާގައި ހުރި ތަފާތުތައް ކުޑަކުރުމާއި، ހިދުމަތްތައް ފޯރުކޮށްދިނުން ރަނގަޅުކުރުމުގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭކަމެއްކަމަށެވެ.

މައިމޫނާ ވިދާޅުވީ، ބިދޭސީންގެ ސިއްހަތާ ގުޅޭ ގައުމީ ސިޔާސަތު ބިނާވެފައިވަނީ ދިރާސާތަކާއި، ބައިނަލްއަޤްވާމީ ފަރާތްތަކާއިއެކު ބޭއްވި ބައްދަލުވުންތަކުގެ އިތުރުން، ގައުމީ ފެންވަރުގައި ސިއްހީ ދާއިރާއިން އިސްކަންދޭ ކަންތައްތަކުގެ މައްޗަށްކަމަށެވެ. އަދި މި ސިޔާސަތު ތަންފީޒުކުރުމަށް ހުރިހާ އިދާރާތަކުގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެކަމަށް މައިމޫނާ ވިދާޅުވި އެވެ. 

ބިދޭސީންގެ ސިއްހަތާ ގުޅޭ ގައުމީ ސިޔާސަތު އަމާޒުކޮށްފައި ވަނީ މައިގަނޑު ފަސް ދާއިރާއަކަށެވެ. އެއީ މުޅި ސަރުކާރާއި މުޅި މުޖުތަމަޢުގެ ނަޒަރިއްޔާތުތައް ބަދަލުކުރުމާއި ބިދޭސީންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ލިބިދިނުމާއި ސައްހަ މައުލޫމާތު އެއްކުރުމާއި ބޭނުން ކުރުމާއި ނާޒުކުކަން ކުޑަކުރުމުގެ އިތުރަށް ނިޒާމުތައް ގާއިމުކުރުމެވެ. 

މިނިސްޓްރީން ބުނީ އެ ޕޮލިސީގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ސިއްހީ ގޮތުން ލިބެންޖެހޭ އަސާސީ ހައްގުތައް އެންމެ ފުރިހަމައަށް ހޯދާ ދިނުމަށް ކުރާ މަސައްކަތްތަކާއި އެސްޑީޖީ ހާސިލްވެގެންދާނެ ކަމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް