ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުވުމަކީ އިންސާނީ ހައްގެއް: ރައީސް
ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުވުމަކީ އިންސާނީ ހައްގެއް ކަމަށާއި، އެ ދާއިރާ ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަކީ ދިރިއުޅުމުގައި އިންސާނީ އެންމެ އަސާސީ ހައްގުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އެ ހައްގު ކަށަވަރުކޮށް ދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިއާރު ކަމަށްވާ "އިންސާނީ ކާރިސީ ހާލަތްތަކުގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށް" އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ ކަ މި ޝިއާރަށް ދުނިޔޭގެ ފެންވަރުގައި ފިޔަވަޅު އަޅަން ގޮވާލާ ކަމަށެވެ. 

ހާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް، އެ މީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކމަަށް ވިދާޅުވި އެވެ.

ބައިނަލްއަގްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ނަފްސާނީ މައްސަލަތަކުގައި ހޭލުންތެރިކަން އިތުރުކޮށް، ބައިނަލްއަގްވާމީ ފެންވަރުގައި އެކަމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށެވެ.

ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ގައުމީ ފެންވަރުގައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ނަފްސާނީ އެކިއެކި ކަންކަން ކުރިމަތިލަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ހާއްސަ ހެލްޕްލައިން 1677 އިފްތިތާޙުކޮށް ހިދުމަތް މިދިޔަ އަހަރު ފެބްރުއަރީ މަހު 21 ވަނަ ދުވަހު ވަނީ ފަށްޓަވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް