ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)
މިދިޔަ މަހު އެންސްޕާއިން 14.2 މިލިއަން ހަރަދުކުރި
މިދިޔަ މޭމަހު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަބް އެޖެންސީ (އެންސްޕާ) އިން އެކި ފަރާތްތަކުގެ ބޭސް ފަރުވާއަށް 14.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް އެ އެޖެންސީން ބުނެފިއެވެ.
Advertisement

އެންސްޕާއިން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ބޭސްފަރުވާގެ ހަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް 14.23 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. 

އެންސްޕާއިން މޭ 2025 ގައި އެހީދީފައިވާ ގޮތް 

  • ރާޢްޖެއިން ފަރުވާކުރުމަށް - 10،327،236.56 ރުފިޔާ 
  • ރާއްޖެއިން ބޭރުން ފަރުވާކުރުމަށް - 3،909،573.95 ރުފިޔާ

އެންސްޕާއިން ވަނީ، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ބޭސްފަރުވާ ކުރި ހަރަދުގެ ތަފާސް ހިސާބުތައްވެސް އާންމުކޮށްފައެވެ. އެ ހިސާބުތަކުގައިވާ ދައްކާގޮތުން އަހަރުގެ ފުރަތަމަ ފަސްމަސް ދުވަހު ބޭސް ފަރުވާއަށް އެންސްޕާއިން ވަނީ  121 މިލިއަން ރުފިޔާ ހާރަދުކޮށްފައެވެ. 

އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެންސްޕާއިން ކުރި ހަރަދުތައް 

  • ރާޢްޖެއިން ފަރުވާކުރުމަށް - 78،508،013.36 ރުފިޔާ 
  • ރާއްޖެއިން ބޭރުން ފަރުވާކުރުމަށް - 43،245،807.27 ރުފިޔާ

އެންސްޕާގެ ހިސާބުތައް ދައްކާގޮތުން މިދިޔަ މޭމަހު އެ އެޖެންސީ އެންމެ ގިނަ ފައިސާ ހަރަދުކޮށްފައިވަނީ ކަށީގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ. އެގޮތުން ކަށީގެ ބަލީގެ ފަރުވާއަށް 147 މީހަކަށް ވަނީ އެހީދީފައެވެ. ދެވަނަ އަށް އެންމެ ގިނަ އެހީ ދީފައިވަނީ ކެންސަރު ބަލީގެ ފަރުވާ ހޯދާ މީހުންނަށެވެ. އެގޮތުން ކެންސަރު ބައްޔަށް ފަރުވާ ހޯދާ 141 މީހަކަށް އެންސްޕާއިން މޭމަހު ވަނީ ފައިސާ ދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް