ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ
ތިލަމާލެ ބްރިޖުގެ އެންމެ ގޮންޖެހުން ބޮޑު ބައި ނިމިއްޖެ
މާލެ އާއި ވިލިމާލެ އާއި ގުޅީފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ ލޯނު އެހީގައި ހަދަމުން އަންނަ ތިލަމާލެ ބްރިޖުގެ ޕައިލިންގެ މަސައްކަތް ނިންމާފައިވާ ކަމަށާއި އެއާ އެކު އެ މަޝްރޫއުގެ އެންމެ ގޮންޖެހުން ބޮޑު މަރުހަލާ ކަނޑައްތު ކުރެވިފައިވާ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ތިލަމާލެ ބްރިޖުގެ އެންމެ ގޮންޖެހުން ބޮޑު ބައި ނިމިއްޖެ ކަމަށް ވަޒީރު މިއަދު ވިދާޅުވިއިރު، ތިލަމާލެ ބްރިޖުގެ 50 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް މި އަހަރުގެ ފެބްރުއަރީ މަހު، ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ވިދާޅުވެފައެވެ.

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ މި ބްރިޖުގެ އެންމެ ފަހުގެ ފޮޓޯތަކާ އެކު މުއްތޮލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު މިއަދު ވިދާޅުވީ، ޖުމްލަ 263 ޕައިލް ވަނީ އެއްގަމާއި ކަނޑުމަތީގެ 68 ތަނެއްގައި ޖަހާފައި ކަމަށެވެ. އަދި މި މުހިންމު މަރުހަލާ ނިމުމާ އެކު، މަޝްރޫއުގެ %60.84 ވަނީ ނިމިފައި ކަމަށް ވަޒީރު މިއަދު ހެނދުނު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެށި ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ. އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މިހާރު ލަފާކޮށްފައި ވަނީ އަންނަ އަހަރުގެ ފަހުކޮޅަށެވެ.

your imageބްރިޖުގެ މަސައްކަތް

ޖީއެސްޓީ ނުހިމަނައި ތިލަމާލެ ބްރިޖަށް މިހާތަނަށް ވަނީ 251،563،940 ޑޮލަރު ހަރަދުކޮށްފަ އެވެ. އެއީ ރުފިޔާއިން ބަލާނަމަ 3.8 ބިލިއަން ރުފިޔާ އެވެ. ނިމިދިޔަ ސަރުކާރުން ބްރިޖުގެ އެއްބަސްވުމުގައި ސެޕްޓެމްބަރު 16، 2021 ގައި ސޮއިކުރީ އެ ހުރިހާ މަސައްކަތެއް މެއި 17، 2024 އަށް ނިންމާ ގޮތަށެވެ. ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވަނިކޮށް، ކުރީގެ ސަރުކާރު ނިމެން އެއް ދުވަހަށް ވެފައިވަނިކޮށް، ނޮވެމްބަރު 16، 2023 ގައި އެ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް އިތުރުކުރީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް