
އެ އިދާރާއިން ބުނީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ލޯރާ، މ. ސްޓާ ކްލައުޑުގައި ހުންނަ އިމިގްރޭޝަންގެ ރިސްކް އިންޓެލިޖެންސް ސެކްޝަނަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ. އެގޮތުން ހާޒިރުވާން ޖެހޭނީ ރަސްމީ ގަޑީގައި ހެނދުނު 8:00 އާއި މެންދުރުފަހު 14:00 އާ ދެމެދުގައެވެ.
އެ އަންހެންމީހާއާ ބެހޭ މައުލޫމާތެއް އެނގޭނަމަ، އެ މައުލޫމާތެއް 91999017 ނަންބަރަށް ގުޅައިގެން ނުވަތަ [email protected] އަށް މެއިލް ކޮށްގެން ހިއްސާކުރުމަށް އިމިގްރޭޝަނުން އެދިފައިވެއެވެ. އިމިގްރޭޝަނުން އަންނަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އެކި ސަރަހައްދުތަކުގައި ހަރަކާތްތައް ހިންގަމުންނެވެ. އެފަދަ ހަރަކާތްތަކުގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހުން ހިފަހައްޓައި މާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރުގައި ބައިތިއްބައެވެ.
ރާއްޖޭގެ އާބާދީގެ 25 ޕަސަންޓު ހިއްސާކުރަނީ ބިދޭސީން ކަމަށްވާއިރު، ސަރުކާރުގެ އަމާޒަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ހައްލުކުރުމެވެ. ކުރިން ވެސް ގަވާއިދާ ހިލާފަށް މަސައްކަތްކޮށް، ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާކަން ފާހަގަވެފައިވާ ބައެއް މީހުން ރާއްޖެއިން ބޭރަށް ފޮނުވާލާފައިވާ ކަމަށް ސަރުކާރުން ބުންޏެވެ.