ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރައީސް މުއިއްޒު އައީ އިކޮނޮމިކް މިނިސްޓަރު ސައީދު ސިންގަޕޫރުގައި
ރާއްޖޭގައި އިންވެސްޓްކުރާ ބިދޭސީންނަށް ރެޒިޑެންސީ ވިސާ ދެނީ
ރާއްޖޭގައި އިންވެސްޓް ކުރާ ބިދޭސީންނަށް ރެޒިޑެންސީ ވިސާ ދިނުމަށް ހާއްސަ ޕްރޮގްރާމެއް ފަރުމާކޮށް ފެށުމަށް ދިވެހި ސަރުކާރުން އިނގިރޭސިވިލާތުގެ ހެންލީ އެންޑް ޕާޓްނާސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
Advertisement

ސިންގަޕޫރުގައި ބޭއްވުނު އިންވެސްޓްމަންޓު ފޯރަމްގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

މި ޕްރޮގްރާމަކީ މުއްސަދި މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ގެނައުމަށް ފަރުމާކުރެވޭ ޕްރޮގްރާމެއްކަމަށް ސަރުކާރުން ބުންޏެވެ. މިހާރު ވެސް ކޯޕަރޭޓް ރެޒިޑެންސީ ވިސާ ދެމުން އަންނަ ނިޒާމު އިތުރަށް ފުޅާކޮށް އިންވެސްޓާ ރެޒިޑެންސީ ވިސާ ޕްރޮގްރާމެއްގެ ގޮތުގައި ފެށުމަށް މި ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

ލަންޑަނުގައި ބޭސްވެފައިވާ ހެންލީ އެންޑް ޕާޓްނާސްއަކީ އިންވެސްޓްމަންޓު މައިގްރޭޝަނަށް ހާއްސަ ކޮންސަލްޓަންސީ ފާމެކެވެ. މި ކުންފުނިން މީގެ ކުރިން ސެއިންޓް ކިޓްސް، މޯލްޓާ، ސައިޕްރަސް އަދި ތައިލޭންޑް ފަދަ ގައުމުތަކާ ގުޅިގެން މިފަދަ ޕްރޮގްރާމްތައް ހިންގައި، 15 ބިލިއަން ޑޮލަރުގެ ފޮރިން އިންވެސްޓްމަންޓު ހޯދައިދީފައިވެއެވެ. ނަމަވެސް، މި އައު ޕްރޮގްރާމްގެ ދަށުން ވިސާ ދިނުމަށް ކަނޑައަޅާނެ އެންމެ މަދު އަދަދެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް