ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އީރާނުން ދިން ހަމަލާއެއްގައި އިޒްރޭލުގެ އިމާރާތެއް ފުނޑުފުނޑުވެފަ
ހަނގުރާމަ ކުރާތީ ދިވެހި ޓީމެއް ދާން އޮތް ބައިނަލް އަގުވާމީ މުބާރާތެއް ފަސްކޮށްފި
ޖޫން 1-11 އަށް އުރުދުންގެ ވެރިރަށް އައްމާންގައި ބާއްވަން ރޭވިފައިވާ 17 އަހަރުން ދަށުގެ މެންސް އޭޝިއަން ހޭންޑްބޯލް ޗެމްޕިއަންޝިޕް ފަސްކޮށްފިއެވެ.
Advertisement

މިމުބާރާތް ފަސްކުރީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައެވެ.

އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަނުން ބުނީ އިސްރާއީލާއި އިރާނާ ދެމެދު ފެށުނު ހަނގުރާމައާ ގުޅިގެން އުރުދުން ސަރަހައްދުގެ އަމާންކަން ގެއްލިފައިވާތީ، ކުޅުންތެރިންނާއި ޑެލިގޭޓުންގެ ސަލާމަތަށް ރިއާޔަތްކޮށް މިމުބާރާތް ފަސްކުރަން ނިންމި ކަމަށެވެ. ނަމަވެސް މުބާރާތް އަލުން ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

މި މުބާރާތުގައި ރާއްޖެއިން ވާދަކުރަން ހަމަޖެހިފައިވަނީ ގުރޫޕް ޑީގައި ކޮރެއާ، އީރާން އަދި އުޒްބަކިސްތާނާ އެކުގައެވެ. ދިވެހި ޓީމުން މިހާރުވަނީ ހުޅުމާލޭގައި ފަރިތަކުރުންތައް ބާއްވައި މުބާރާތަށް ތައްޔާރުވެފައެވެ. މިއީ އޭޝިއާގެ ގައުމުތަކަށް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް 17 އަހަރުން ދަށުގެ ފިރިހެންކުދިންގެ މެދުގައި ބާއްވަން ނިންމި ހޭންޑްބޯޅަ މުބާރާތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް