"ގުޅީފަޅުގެ އައު ލޭންޑް ޔޫސް ޕްލޭން" ގެ ދަށުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭންއަށް ގެނެވުނު ބަދަލާގުޅިގެން، ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން ވަނީ ބަދަލުވެފައެވެ. މި ބަދަލާއި ގުޅިގެން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި މދިޔަ މޭމަހުގެ 30 ގައި އަލުން ވަނީ ގުރު ނަގާފައެވެ.
އެ ބަދަލާއި ގުޅިގެން، ގޯތި ލިބޭ ފަރާތްތަކަށް ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ބާތިލް ކުރެވި އަދި ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތީގެ އެއްބަސްވުން" އުވިގެންގޮސްފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
އެހެންކަމުން އައު "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އާއި "ބަންޑާރަ ގޯތީގެ އެއްބަސްވުން" ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ހައުސިން މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ އާ "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އަދި "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" އާ ހަވާލުވުމަށް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އެޕޮއިންޓްމަންޓްއަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާކަމަށެވެ. މިގޮތުން، ކޮންމެ ގަޑިއަކަށްވެސް އެޕޮއިންޓްމަންޓްއަށް އެދި ހުށަހެޅުމުގެ ފުރުސްތު ލިބޭނީ ކަނޑައެޅިފައިވާ ވަކި އަދަދެއްގެ ފަރާތްތަކަށް ކަމުގައި މިނިސްޓްރީން ބުނެއެވެ. އަދި މިމަހުގެ 7ވާ ހޯމަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން އައު "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އަދި "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ދޫކުރުމަށް ކަނޑައަޅާފައިވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ގުޅިފަޅުގެ އާ ލޭންޑް ޔޫޒް ޕްލޭން
އެޕޮއިންޓްމަންޓް ހޯދަން ހުށައަޅަންޖެހޭ ތަކެތި
ގޯތި ލިބޭ ފަރާތުން "ހިޔާވެހި ޕޯޓަލް" އިން އެޕޮއިންޓްމަންޓްއަށް އެދި އިހްތިޔާރުކޮށްފައިވާ ތާރީހާއި ގަޑިއަށް ރިއާޔަތްކޮށް، މިނިސްޓްރީން އަންގާ ތަނަށް ވަޑައިގަތުމުން އައު "ބަންޑާރަ ގޯތީގެ އެއްބަސްވުން" އަދި "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ހަވާލުކުރެވޭނެކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ ފަސްމިނެޓް ފަހުން ހާޒިރުވާ ފަރާތް/ފަރާތްތަކާއި ލިޔެކިޔުންތައް ފުރިހަމަނުކޮށް ހާޒިރުވާވާ ފަރާތްތަކަށް އެދުވަހު ހަމަޖައްސާފައިވާ އެޕޮއިންޓްމަންޓް ކެންސަލްކުރެވޭނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ. އަދި އެ ހާލަތުގައި އެފަރާތަށް އަލުން އެހެން ތާރީހަކާއި ގަޑިއަށް އެޕޮއިންޓްމަންޓްއަށް އެދުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.