
އެންސްޕާއިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މޭމަހު ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން އެންމެ ބޮޑު ހޭދައެއް އެންސްޕާއިން ކުރީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ.
އެގޮތުން ބޭސްފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން އެނދުމަތިކޮށްގެން ހޯދާފައިވާ ފަރުވާތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް ޓްރީޓޮޕަށް 4.19 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. ޓްރީޓޮޕް ހޮސްޕިޓަލަށް މި އަދަދު ހަރަދުކުރީ 334 ކޭސްއަކަށްކަމަށް އެންސްޕާގެ ހިސާބުތަކުން ދައްކައެވެ.
ދެން އެންމެ ގިނަ އަދަދަކަށް އެންސްޕާއިން ހަރަދުކުރީ އޭޑީކޭ ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަަލަށް އެންސްޕާއިން ވަނީ 3.22 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެ ހޮސްޕިޓަލަށް މި އަދަދު ހޭދަކުރީ 190 ކޭސްއަކަށް ކަމަށް އެންސްޕާއިން ބުނެއެވެ.
ޓްރީ ޓޮޕުން އެންމެ ގިނަ މީހުން އެންސްޕާ މެދުވެރިކޮށް ފަރުވާ ހޯދާފައިވަނީ ކަށީގެ ބަލިތަކަށެވެ. އޭޑީކޭއިން އެންމެ ގިނަ މީހުން އެންސްޕާއިން ހަރަދުކުރީ ކާޑިއޯވެސްކިއުލާ އަށްކަމަށް އެންސްޕާއިން ބުނެއެވެ.