
އެއީ ކެމްބޯޑިއާގެ ކުރީގެ ބޮޑުވަޒީރު ހަން ސަންއާ ދެމެދު ކުރެވުނު ފޯނު ކޯލެކެވެ. އެ ވާހަކަތަކަށް ބޮޑުވަޒީރު ޕެއިތޮންތާން ވަނީ މާފަށް އެދިވަޑައިގެންފަ އެވެ.
ޒަމާންތަކެއް ވަންދެން އޮތް ތައިލެންޑާއި ކެމްބޯޑިއާގެ ބޯޑަރު މައްސަލަ މި ފަހުން ހޫނުވީ، މިދިޔަ މެއި މަހު ހިނގި ކުރިމަތިލުންތަކުގެ ސަބަބުންނެވެ. އެ ހަމަލާތަކުގައި ކެމްބޯޑިއާގެ ސިފައިންގެ މީހަކު ވަނީ މަރުވެފަ އެވެ.
މި މައްސަލައިގެ ތެރޭ، އުމުރުން 38 އަހަރުގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަތުރާ ކެމްބޯޑިއާގެ ސިޔާސީ އިސް ބޭފުޅެއް ކަމަށްވާ ހުން ސެން އަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަތަކެއްގެ އޯޑިއޯ ލީކުވެފައި ވާއިރު އޭނާއަށް ތައިލެންޑުގެ ބޮޑުވަޒީރު މުހާތަބުކުރައްވަނީ "އަންކަލް" ގެ ގޮތުގަ އެވެ. އެ ކޯލްގައި ތައިލެންޑުގެ އަސްކަރީ ކޮމާންޑަރުންނަކީ އިދިކޮޅު މީހުން ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވެ އެވެ.
ލީކްވި ފޯނު ކޯލްގެ މައްސަލައިގައި ބޮޑުވަޒީރު ސަސްޕެންޑްކުރި އިރު، އޭނަ މިއަދު އަނެއްކާ ވެސް އެކަމަށް މައާފަށް އެދިވަޑައިގެންފައިވެ އެވެ. ނަމަވެސް މަގާމުން އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް ނެތް ކަމަށާއި އަމިއްލަ މަސްލަހަތަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.
ބޮޑުވަޒީރު ސަސްޕެންޑްކުރުމާ ގުޅިގެން ތައިލޭންޑްގެ ސަރުކާރުން ހިންގެވުމުގެ ޒިންމާ ވަގުތީ ގޮތުން ދެން ނަންގަވާނީ ބޮޑުވަޒީރުގެ ނައިބެވެ.
ގާނޫނު ހަދާ މަޖިލީހުގެ ކޮންޒަވެޓިވް މެންބަރުން ވިދާޅުވަނީ ބޮޑުވަޒީރުގެ މި އަމަލަކީ ކެމްބޯޑިއާގެ ކުރިމަތީ އިސް ޖަހައި، އެ މީހުން ބޭނުންވާ ގޮތަށް ދީލައިލުން ކަމަށާއި ބޮޑުވަޒީރުގެ ވާހަކަތަކުގެ ސަބަބުން އަސްކަރިއްޔާ އަށް ވެސް ކުޑައިމީސްވެފައިވާ ކަމެވެ. އަދި ބޮޑުވަޒީރުގެ ނަޒާހަތްތެރިކަން ގެއްލި ސުލޫކާ ވެސް ހިލާފުވެފައިވާ ކަމަށް ބުނެ އެ މެންބަރުން ކޯޓަށް މައްސަލަ ހުށަހެޅީ އެވެ.