ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ފުލުހުންގެ މަރުކަޒެއްގެ ބިންގާ ހޯމް މިނިސްޓަރު އިހްސާން އަޅުއްވަނީ
6 ރަށެއްގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރާނެ ބަޔަކު ހޯދަނީ
ހަ ރަށެއްގައި ފުލުހުންގެ މަރުކަޒު އިމާރާތްކޮށް އިތުރު ދެ ރަށެއްގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކް ހަދާައިދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
Advertisement

ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމަށް ނިންމާފައިވަނީ ށ. ފީވަށް، ރ. މަޑުއްވަރި، މ. މުލި، ތ. ތިމަރަފުށި، ތ. ވޭމަންޑޫ އަދ ލ. މާވަށުގައެވެ. 

މި ރަށްތަކުގެ ތެރެއިން މުލި އަދި ވޭމަންޑޫގައި ފުލުހުންގެ މަރުކަޒު ތަރައްގީ ކުރުމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 212،500 ރުފިޔާ ހުށައަޅަން ޖެހެެއެވެ. ދެން ހުރި ރަށްތަކުގައި ތަރައްގީ ކުރާ ފުލުހުންގެ މަރުކަޒުތަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ކަނޑައަޅާފައިވަނީ 72،250 ރުފިޔާއެވެ.


މި ހަ ރަށުގެ އިތުރުން ދެ ރަށެއްގައި  ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކް އިމާރާތްކުރާބެ ބަޔަކުވެސް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ ދެ ރަށަަކީ ހއ. ދިއްދޫގެ އިތުރުން ހދ. ކުޅުދުއްފުށީގައެވެ.

މި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް