ފުލުހުން ބުނީ މާލޭގެ ގެއެއްގެ ތެރޭގައި މީހަކު ރަހީނު ކޮށްފައި ހުރި ކަމުގެ މައުލޫމާތު ހެނދުނު 6:00 ހާއިރު ލިބުނުކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު އެ ސަރަހައްދަށް ފުލުހުން ގޮސް ބެލިއިރު އެ ގެ ހުރީ ތަޅުލާފައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ ތަނުގެ ތަޅު ހަލާކު ކޮށްލައިގެން ވަދެ އެ މީހާ އެތަނުން ނެރެފައިވާކަމަށާއި އެއީ ބަންގްލަދޭޝް ފިރިހެނެއްކަމަށެވެ.
އެ މީހާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތް ނަމަވެސް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް އެ މީހާގެ ސިއްހީ ހާލަތު ދެނެގަތުމަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.