ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ ސުވާދާގެ އުމުރުން 48 އަހަރުގެ އިބްރާހީމް ސައީދުކަމަށެވެ. އަދި މީނާ ހައްޔަރުކުރީ ކުށުގެ ވެށިންކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި ކުށުގެ މައުލޫމާތު ލިބުނީ އިއްޔެކަމަށެވެ . އަދި ފުލުހުން ކުރި މަސައްކަތުން އެ މީހާ ސަލާމަތް ކުރެވުނީ މިއަދުކަމަށް ފުލުހުން ބުނެއެވެ.
އަނިޔާ ލިބިފައިވާ މީހާ އައިޖީއެމް އެޗަށް ގެންގޮސް ފަރުވާ ދެމުންދާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.