ads
އައްބާސް
ރައީސް ނ. އަތޮޅަށް ވަޑައިގަންނަވަނީ އިތުރު ދޮގުތައް ހައްދަވަން: އައްބާސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ނ އަތޮޅަށް ވަޑައިގަންނަވަނީ އިތުރު ދޮގުތައް ހަދައިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ރައްޔިތުންގެ ވޯޓު ޕީ.އެން.ސީ އަށް ހޯދުމަށްކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު ނ އަތޮޅަށް މާދަމާ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުގައި މާފަރު އެއާޕޯޓަށް އިތުރު ކުރި ބައި ރަސްމީކޮށް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. 

މި ދަތުރާއި ގުޅިގެން އެމްޑީއޭއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެެ މެމްބަރު މުހައްމަދު އައްބާސް ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސްގެ މި ދަތުރު ކުރިޔަށް ގެންދަނީ ސިއްރުން ރޭވިގެންކަމަށެވެ. އެހެންކަމުން ޕީ.އެން.ސީ ގެ މަޖުލީސް މެންބަރުންނަށްވެސް މި ދަތުރާއި ގުޅޭ މައުލޫމާތު ނޭނގޭކަމަށެވެ.  އަދި މި ދަތުރުގެ ބޭނުމަކީ ކައުންސިލް އިންތިބާހަށް ވޯޓް ހޯދަން ދޮގު ހެދުންކަމަށްވެސް އައްބާސް ވިދާޅުވިއެވެ.ބ

" އެގިފައިވާ ގޮތުން މިމަހުގެ 9،8،7 މި ތިންދުވަހު ނ.އަތޮޅުގެ ރަށްތަކަށް ދަތުރު ކުރައްވާނެ..އެހެންކަމުން ނ.އަތޮޅުގެ ހުރިހާ ރައްޔިތުންގެ މައުލޫމާތައްޓަކައި ދަންނަވާލަން..ދަތުރުގެ މަގުސަދަކީ އިތުރު ދޮގުތައް ހަދައިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ރައްޔިތުންގެ ވޯޓު ޕީ.އެން.ސީ އަށް ހޯދުން ކަމުގައިވެސް ދަންނަވަން." އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.

ތިންދުވަހުގެ ރައީސްގައި މި ދަތުރުގައި ނ އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކުރައްވާ ކައުންސިލްތަކާއި ބައްދަލުކުރެއްވުމަށް ހަމޖެހިފައިވާކަން ވަނީ އެނގިފައެވެ. އަދި މި ދަތުރުގައި ނ. މާފަރު އެއާޕޯޓަށް ބޮޑުކުރި ބައި ރަސްމީކޮށް ހުޅުވަން ވަނީ ހަމަޖެހިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް