ads
ބަނޑުގައި ރިއްސުން ތަހައްމަލް ކުރަމުންދާ މީހެއް
ބޭރަށްހިންގުމާއި އެ ބަލިން ރައްކާތެރިވުމުގެ ގޮތުން ކުރަން ޖެހޭކަންތަައްތައް
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ) މޯލްޑިވްސްއާ ގުޅިގެން، ވަގުތުން ފަރުވާ ނުކޮށްފިނަމަ ފުރާނައަށް ނުރައްކާވާ ބޭރަށްހިންގުމުގެ ނުރައްކާތެރި އަލާމާތްތަކާއި އެކަމުން ދިމާވެދާނެ ނުރައްކާތެރިކަންތައްތަކާ މެދު އާންމުން ހޭލުންތެރިކުރުމަށްޓަކައި އަވަސް އާންމު އިރުޝާދެއް ނެރެފި އެވެ.
Advertisement

ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި، ބޭރަށްހިންގުމުގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ވަރަށް ބައިވަރު ކަންތަށްތަކެއް ވެއެވެ. އެގޮތުން އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންންތަށްތަށް ތިރީގައި މި ވަނީއެވެ.

  • އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުން.
  • ލެވޭ ހޮޑު ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުން.
  • ކުޑަ ކަމު ދެވޭ މިންވަރު މަދުވުން.

މީގެ އިތުރުން ތިރީގައި މިވާ އަލާމާތް ތަކުގެ ތެރެއިން އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރުގެ ލަފާ ހޯދުން މުހިންމެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ގިނަ ގިނައިން ހޮޑު ލެވުން
  • މާބޮޑަށް ވަރު ދެރަވެ ދިޔާ ތަކެތި ބޭނުން ކުރެވޭ ވަރު މަދުވުން.
  • ބޮލަށް އެނބުރުން އެރުން.
  • އާދަޔާ ހިލާފަށް ކަރު ހިއްކުން.

އާންމުންގެ ސަލާމަތަށްޓަކައި، އެޗް.ޕީ.އޭ އާއި ޑަބްލިޔު.އެޗް.އޯ އިން ތިރީގައި މިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދެއެވެ.

  • ބޭރަށްހިނގާނަމަ ގިނަގިނައިން ލޮނު ޕެކެޓް ( އާރް.އޯ.އެސް)، ފެން އަދި ސޫޕް ފަދަ ދިޔާ ތަކެތި ބޭނުން ކުރުން.
  • ފާހާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން.
  • ފާހާނާ ބޭނުން ކުރުމަށްފަހު ރަނގަޅަށް ސެނިޓައިޒް ކުރުން.
  • އަލާމާތްތަށް ނުފެންނަތާ އެއް ދުވަސް ވަންދެން ދަރިން ސްކޫލަށް ނުފޮނުވުން އަދި މަސަތްކަތަށް ނުނިކުމެ ގޭގައި އަރާމު ކުރުން.
  • ބަލީގެ އަލާމާތްތައް ފެނިއްޖެނަމަ، ބަލި އެހެން މީހުންނަށް ނުފެތުރުމަށްޓަކައި ގޭގައި މަޑުކުރުމާއި އާންމު ތަންތަނަށް ނުދިއުން.

މި ގުޅިފައިވާ ކެމްޕޭން ދިވެހިރާއްޖޭގެ ކޮންމެ ގޭބިސީއެއް މިކަމަށް ތައްޔާރުކުރުމަށްޓަކައި އެކި މީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ. އެޗް.ޕީ.އޭ އިން ބަލީގެ އަލާމާތްތައް ހުރި ކޮންމެ މީހަކު ވެސް ލަސްނުކޮށް ޑޮކްޓަރީ ލަފާ ހޯދުމަށް އިލްތިމާސްކުރެއެވެ.

އިތުރު މައުލޫމާތު ހޯދުމަށް، އެޗް.ޕީ.އޭ ނުވަތަ ޑަބްލިޔު.އެޗް.އޯ މޯލްޑިވްސްގެ ރަސްމީ ޗެނަލްތަކުން ލިބޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް