މާދަމާއިން ފެށިގެން ތިން ދުވަހަށް ކުރަން ނިންމާފައި އޮތް މި ދަތުރުގައި ނ އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކުރައްވާ ކައުންސިލްތަކާއި ބައްދަލުކުރެއްވުމަށް އޮތީ ހަމަޖެހިފައިއެވެ. އަދި މި ދަތުރުގައި ނ. މާފަރު އެއާޕޯޓަށް ބޮޑުކުރި ބައި ރަސްމީކޮށް ހުޅުވަންވެސް އޮތީ ހަމަޖެހިފައެވެ.
ރައީސް ނ. އަތޮޅަށް ކުރަން ނިންމި ދަތުރު ކެންސަލް ކޮށްފައި މި ވަނީ އެ ދަތުރާއި ގުޅިގެން އެއަތޮޅު ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑިކިޔާފައިވަނިކޮށެވެ.
އައްބާސް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނ އަތޮޅަށް ވަޑައިގަންނަވަނީ އިތުރު ދޮގުތައް ހަދައިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ރައްޔިތުންގެ ވޯޓު ޕީ.އެން.ސީ އަށް ހޯދުމަށްކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;