ads
ގުޅީފަޅު -- ފޮޓޯ: އެޗްޑީސީ
ގުޅީފަޅު ގޯތީގެ ރަޖިސްޓްރީ މާދަމާ ދޫކުރަނީ
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަތަކަށް މާދަމާ ގޯތީގެ ރަޖިސްޓްރީ ދޫކުރަން ފަށަން ތައްޔާރުވެއްޖެއެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ރަޖިސްޓްރީ ދޫކުރުން ކުރިއަށްދާނީ މާދަމާ ހެނދުނުން ފެށިފެންނެވެ. "ބަންޑާރަ ގޯތީގެ އެއްބަސްވުން" އަދި "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" ދޫކުރުން ކުރިއަށްދާނީ، ކުރިން ހައުސިން މިނިސްޓްރީ ހިންގި ބިމުގައި، އެކަމަށް ހާއްސަކޮށް ހަދާފައިވާ ސަރަހައްދަކުން ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ރަޖިސްޓްރޭޝަންގެ މަސައްކަތް އަލުން ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީއެވެ.

ރަޖިސްޓްރީގައި ސޮއިކުރުން ކުރިއަށްދަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. ސޮއިކޮށް ރަޖިސްޓްރީ ހަވާލުވާން ދިއުމަށް އެޕޮއިންޓްމަންޓް ހައްދާނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ. ރަޖިސްޓްރީ ބަލައިގަތުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް، ހުށައަޅަންޖެހޭ ލިޔެކިޔުމުގެ ތަފްސީލްތައް ޕޯޓަލްގައި ވަނީ ހިމަނާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް