
ޓިކްޓޮކްގައި، އަންހެން ހެދުން އަޅައިގެން ބޭ އަދަބީ އަމަލުތައް ހިންގާ އިސްލާމް ދީނަށް ފުރައްސާރަކުރަމުން އައި ނަބީލް އުމުރަށް ޖަލަށްލާން ކޯޓުން ހުކުމްކުރީ ޑްރަގް ޓްރެފިކިންގެ ކުށުގައެވެ. މީގެއިތުރުން އެ މައްސަލާގައި 100،000 ރުފިޔާއިން ވަނީ ޖޫރިމަނާވެސް ކޮށްްފައެވެ.
މި މައްސަލައިގެ ހުކުމް އަދި ކްރިމިނަލް ކޯޓުގެ ސައިޓަށް ނުލައެވެ. ހުކުމް ނުލިބޭތީ އިތުރު ތަފްސީލެއް އަދި ނޭނގެ އެވެ.
ދީނަށް ފުރައްސާރަކޮށް ހެދުމުގެ މައްސަލަގައި މީގެކުރިން އެތައް ފަހަރަކު ހައްޔަރުވެސް ކުރިއެވެ. އަދި އެ ފަދަ މައްސަލައެއްގައި 2022 ވަނަ އަހަރު ކްރިމިނަލްކޯޓުން ވަނީ މި ނަބީލް އެއް އަހަރާއި އެއް މަހަށް ޖަލަށްލާންވެސް ހުކުމްކޮށްފައެވެ.
މި ނަބީލް ދީނަށް ފުރައްސާރަކޮށް އަންހެން ހެދުން އަޅައިގެން ޓިކްޓޮކްގައި ބަރަހަނާވެ ހަދަމުންދާއިރުވެސް އޭނާ ހައްޔަރު ނުކުރާތީ ގިނަ ބަޔަކު ޝަކުވާވެސް ކޮށްފައެވެ.