ads
ނޫސްވެރިޔާ ލީވާން ފޮޓޯ: އަނޫފް ޖުނައިދު
ނޫސްވެރިޔާ ލީވާން ފުލުހުންގެ ބަންދުން ދޫކޮށްލައިފި
މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި ފާސް ކުރަން މަސައްކަތް ކުރާ ބިލާ ދެކޮޅަށް މުޒާހަރާ ކުރަނިކޮށް ހައްޔަރު ކުރި "އަދަދު" ނޫހުގެ ލީވާން އަލީ ނާސިރު ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
Advertisement

ބިލާއި ދެކޮޅަށް ކުރި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރީ މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ)ގެ މެންބަރު ލީވާން އަލީ ނާސިރު އެވެ. އަދަދު ނޫހުގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ލީވާން ހައްޔަރުކޮށްގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު, އަދަދު ނޫހުގައި މަސައްކަތް ކުރާ ލީވާން ހައްޔަރު ކުރީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މަޖިލިސް ކުރާގެ ކައިރިއަށް އެއްވެ, މުޒާހަރާ ކުރުމާއި ފުލުހުންނާ ކުރިމަތިލުމުގެ ތުހުމަތުގައި ކަމަށެވެ.

ލީވާންގެ އިތުރުން އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކު ވެސް މި ތުހުމަތުގައި މިއަދު ހައްޔަރު ކުރިއެވެ. އޭނާ ވެސް ވަނީ މިނިވަން ކޮށްފަ އެވެ.

މީޑިއާ ނެތިކޮށްލާ ބިލާ ދެކޮޅަށް އާންމުންނާއި ނޫސްވެރިން ދަނީ މިއަދު ހެނދުނުން ފެށިގެން މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ހާލަތާ އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްފަ އެވެ.

ނަމަވެސް، ނޫސްވެރިންނާއި މީޑިއާތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި އެ ބިލް ވަނީ ފާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް