ads
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ވަންވޭ ފަޅާފައި ދިޔަ މީހަކަށް ބޮޑު ހުކުމެއް
ޓްރެފިކް ޕޮލިސް ކޯނެއް އެއްލައިލުމަށް ފަހު ސައިކަލުގައި ދިޔަ މީހަކު، 33،000ރ. އިން ޖޫރިމަނާކޮށްފިއެވެ.
Advertisement

މިއީ، މަގެއް ވަންވޭ ކުރުމަށް ފުލުހުން ބަހައްޓާފައި ހުރި ޓްރެފިކް ކޯނެއް އެއްލައިލުމަށް ފަހު ސައިކަލުގައި ދަނިކޮށް މަޑުކުރަން އެންގުމުން ވެސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ދިޔަ މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަކާއެކު އައި ޖޫރިމަނާއެކެވެ.

މި މައްސަލައިގައި ހުކުމެއް އައިސްފައިވަނީ ސ. ހިތަދޫ މީހެއްގެ މައްޗަށެވެ. އެއީ، ޑިސެމްބަރު 22، 2021 ގައި އޭނާ އިތުރު ބަޔަކާ އެކު ސައިކަލުގައި ދަމުން އޭނާގެ ސައިކަލުގެ ފަހަތުގައި އިން މީހާ ޓްރެފިކް ކޯން އެއްލާލުމުން ވެސް ސައިކަލް މަޑު ނުކޮށް ދިއުމުންނެވެ. އެ މައްސަލާގައި ދައުލަތުން އުފުލީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ.

އެ މީހާ ދައުވާއަށް ޖަވާބުދާރީވަމުން ބުނީ ސައިކަލު ދުއްވަން އިނީ އޭނާ ކަމަށާއި ނަމަވެސް ފުލުހުން އޭނާ ކައިރީ މަޑުކުރަން ބުނިކަން ނޭނގޭ ކަމަށެވެ. އެހެންވެ އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އެކަމަކު ފުލުހުން އެ މައްސަލާގައި ވަނީ ކަން ހިނގި ގޮތް ފެންނަ ވީޑިއޯ ފުޓޭޖެއް ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅައިފަ އެވެ.

މި މައްސަލައިގައި އެ މީހާ ކުރި ކުށުގެ އަސާސީ އަދަބަކީ ހަ މަހަށް ޖަލަށް ލުމެވެ. ނަމަވެސް ބަންދުގައި އޭނާ 15 ދުވަސް ހޭދަ ކޮށްފައި ވާތީ ޖަލު ހުކުމަކަށް އިއްވޭނީ ފަސް މަހާއި 15 ދުވަހެވެ. ނަމަވެސް އޭނާވަނީ ޝަރީއަތުގައި އޭނާ އަކީ މިހާރު ވަޒީފާއެއްގައި ވެސް އުޅޭ މީހަކަށް ވާތީ ވީހާ ވެސް ލުއި އަދަބެއް ކަނޑައަޅައިދޭން އެދިފަ އެވެ.

މި ފައިސާ ހަ މަސް ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ވަނީ އަމުރުކޮށްފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް