
ދިރާގުން ބުނީ، އެ ޗެމްޕިއަންޝިޕްގައި، ފޯ-ގޭމް ފޯމެޓްގެ އެހީގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ގޭމިންއަށް ޝައުގުވެރިވާ މީހުން އެއްތަނަކަށް ގެނެސް، ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޑީއެމްޖީސީގައި "ޕަބްޖީ"، "މޯބައިލް ލެޖެންޑްސް: ބޭންގް ބޭންގް"ގެ އިތުރުން މި ފަހަރު އަލަށް، "ރޮކެޓް ލީގް" އާއި "އެފްސީ 25" ވަނީ ހިމަނައިފަ އެވެ.
އެ ޗެމްޕިއަންޝިޕްގައި ކޮންމެ ގޭމަކަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މުބާރާތްތައް ކުރިއަށް ދާނެއެވެ. މި ގޮތުން، "ޕަބްޖީ މޯބައިލް ކޮލިފައިން"ގެ އެންމެ ގަދަ 16ގެ ގަދަ ހިފުމެއް ފެންނާނެ އެވެ. އަދި، މޯބައިލް ލެޖެންޑްސްގެ ވެސް އެންމެ ގަދަ ހަތް ޓީމުގެ މެދުގައި ވާދަވެރި ފައިނަލް މެޗްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން، ކުޅުންތެރިންނަށް "ރޮކެޓް ލީގު"ގެ 2V2 މެޗުތަކުގައި ބައިވެރިވުމަށް ފުރުސަތު ލިބި، އެފްސީ 25ގައި ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބޭނެ އެވެ. މި ފަހަރުގެ މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި އެވެ.
ޑީޖީޖީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށާއި ރާއްޖޭގައި ގޭމިން ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
މި މުބާރާތަކީ ދިރާގުން ދިވެހި ގޭމިން އާ އުސްމިންތަކަކަށް އުފުލުމަށް ކުރަމުންދާ މަސައްކަތްތަކުން ހާސިލުކޮށްފައިވާ އިތުރު ކާމިޔާބީއެކެވެ.