ads
އެލިއާއިން ކުރިއަށް ގެންދިޔަ ބޯޓް އޮޕަރޭޓާސް ޓްރެއިނިންގެ ތެރެއިން -
އެލިއާގެ އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމް ނިންމާލައިފި
އެލިއާ އިން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)އާ ގުޅިގެން ބޯޓު އޮޕަރޭޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމާ ބައިވެރިންނަށް ސެޓްފިކެޓު ދީފި އެވެ.
Advertisement

މިއީ ބޯޓު އޮޕަރޭޓަރުން ތަމްރީނު ކުރުމަށް އެ ކުންފުނިން ކުރިއަށްގެންދިޔަ 11 ވަނަ ޕްރޮގްރާމެވެ. މި ޕްރޮގްރާމް އޮތީ މި މަހުގެ 1 އިން 3 އަށެވެ.

ގިނަ އަދަދެއްގެ ރިސޯޓުތަކާއި ކަނޑު ދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ ބައެއް މުއައްސަސާތަކުން 50 ކެޕްޓަނުން އެ ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވި އެވެ.

ތަފާތު އެކި ސެޝަންތަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެ ޓްރެއިނިން ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ކަނޑު އުޅަނދުފަހަރުގެ ކެޕްޓަނުންގެ ހުނަރުތައް ތަރައްގީކޮށް، ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ފަންނީ މައުލޫމާތު ފޯރުކޮށްދިނުމެވެ.

އެލިއާ އިން ބޯޓު އޮޕަރޭޓަރުންނަށް ހާއްސަ ތަމްރީން ޕްރޮގްރާމް ފަށާފައިވާ އިރު، ޖަޕާނުގެ ޔަމަހާ ޓެކްނިކަލް އެކަޑަމީ އާއި އެލިއާ އިންވެސްޓްމަންޓް ގުޅިގެން ރާއްޖޭގައި ހިންގާ ޔަމަހާ ޓެކްނިކަލް ޓްރެއިނިންގެ މި އަހަރުގެ ޕްރޮގްރާމް މިފަހުން ވަނީ އިފްތިތާހް ކޮށްފަ އެވެ. 

އެލިއާ އަކީ ރާއްޖޭގެ އެންމެ މަގުބޫލު އެއް އިންޖީނު ޔަމަހާ އިންޖީނުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އެ ކުންފުނިން ޔަމަހާއާ ގުޅިގެން ވެސް މިފަދަ އެކި ތަމްރީނުތައް ބާއްވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް