ads
ތިނަދޫ ސިޓީ
ތިނަދޫގައި ލޯންޗެއް އެކްސިޑެންޓްވެ އަނިޔާވެގެން ފަރުވާދެނީ
ގދ. ތިނަދޫގައި ފެރީ ޓާމިނަލަށް ކައިރިކުރި ލޯންޗެއް ކޮންޓްރޯލްނުވެ ގޮސް ޖެޓީގައި ޖެހިގެން ހިނގި އެކްސިޑެންޓުގައި ބަޔަކަށް މިއަދު އަނިޔާވެއްޖެ އެވެ.
Advertisement

މީޑިއާތަކާ ފުލުހުން ހިއްސާކުރި މެސެޖެއްގައި ވަނީ އެ އެކްސިޑެންޓުގެ މައުލޫމާތު ލިބުނީ 13:50 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓުގައި ލޯންޗުގައި ތިބި ދެ ފަސިންޖަރަކަށް އަދި ކެޕްޓަނަށާއި ފަޅުވެރިޔާ އަށް އަނިޔާވެފައިވާ ކަމަށެވެ.

ލޯންޗުގައި ތިން އަންހެނުންނާއި އެއް އަހަރުގެ ތުއްތު ކުއްޖަކާއި ކެޕްޓަނާއި ފަޅުވެރިން ހިމެނޭހެން ހަ މީހަކު ދަތުރުކުރިއެވެ.

ފުލުހުން ބުނީ އެ މީހުންނަށް ތިނަދޫގައި ހުންނަ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް