
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވީ ސޮވެރިން ޑިވިލޮޕްމަންޓް ފަންޑުގައި ވެސް މިހާރު އެއްވެސް ފައިސާއެއް ނެތް ކަމަށެވެ.
އަމީރު ވިދާޅުވީ ކޮވިޑުގެ ދުވަސްވަރު ދަރަނި އިތުރުވީ އެހެންގޮތެއް ނެތިގެން ރާއްޖޭގެ އަމިއްލަ ފަރުދުންނާ، ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކާ ރާއްޖޭގެ އިގްތިސޯދު ހިފަހައްޓަން ކުރަންޖެހުނު ކަންތައްތަކެއް ކުރަންޖެހުނީމަ އިތުރުގޮތެއް ނެތިގެން ކަމަށެވެ. އަދި މިހާރު ދުނިޔޭގެ އިގްތިސޯދު މި އޮތީ ވަރަށް ރަނގަޅު ހާލަތެއްގަ ކަމަށެވެ.
2024 ވަނަ އަހަރު ރާއްޖޭގެ ދަރަނި 20 ބިލިއަން ރުފިޔާ އަށް އިތުރު ވެގެން ދިޔަކަމުގެ އިތުރުން މި އަހަރުގައި ރާއްޖޭގެ ދަރަނި 12 މިލިއަން ރުފިޔާ އިތުރު ވެގެން ދިޔަ ކަމަށް ވެސް އަމީރު މިއަދު ފާހަގަކުރެއްވި އެވެ.
އަމީރު ވިދާޅުވިގޮތުގައި، ޔޫޒަބަލް ރިޒާވް އެހާ ބޮޑަށް ހީނަރުވެފައި އޮތް އިރު އެކަމަށް ބެލުމެއް ނެތި ސަރުކާރުގެ ޕްރޮޖެކްޓަކަށް އެ ފައިސާ ބޭނުން ކުރުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫން ކަމަށް އަމީރު ވިދާޅުވި އެވެ.
އަމީރު ތުހުމަތު ކުރެއްވި ގޮތުގައި، ރަސްމާލެ ޕްރޮޖެކްޓަށް، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް މެދުވެރިކޮށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގަން ވެސް ވަނީ ޕްލޭންކޮށްފަ އެވެ.