ads
ޓްރެފިކް ފުލުހުން ސްޕީޑު ގަން ބޭނުންކުރަނީ:
ވަގަށް ނެގި 69 ސައިކަލު މިދިޔަ މަހު ހޯދިން: ފުލުހުން
ވަގަށް ނެގި 69 ސައިކަލު މިދިޔަ މަހު ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައި ވަނީ މާލޭގެ ފްރަންޓްލައިން ޕޮލިސިން ޑިޕާޓްމަންޓަކުން މިދިޔަ މަހު ކުރި މަސައްކަތުން ރިވަކާ ކުރެވުނު މުދަލުގެ ރިކޯޑުތައް ހިމަނައިފަ އެވެ.

އޭގައިވާ ގޮތުގައި، ވަގަށް ގެންދިޔަ 69 ސައިކަލެއް ފުލުހުން މިދިޔަ މަހު ހޯދާފައިވެ އެވެ. އަދި އެ ހުރިހާ ސައިކަލެއްގެ އަގު 3،303،429ރ. އަށް އަރަ އެވެ.

ވަގަށް ގެންދިޔަ 29 ފޯނު ވެސް ފުލުހުން ހޯދާފައިވެ އެވެ. އެ ފޯނުތަކުގެ އަގު 202،375ރ. އަށް އަރަ އެވެ.

މިދިޔަ މަހު މާލެ ފްރޮންޓް ލައިންގައި ހަރަކާތްތެރިވި ފުލުހުންގެ މަސައްކަތާ ގުޅޭ ބައެއް ތަފާސްހިސާބުވެސް ފުލުހުން ހިއްސާކުރެއްވި އެވެ. އެ ގޮތުން މިދިޔަ މަހު ފުލުހުން ވަނީ މާލެ ސަރަހައްދުގެ 45،380 ސަރަހައްދެއް ބަލައި ފާސްކޮށްފަ އެވެ. އަދި 1037 ގަޑިއިރާއި 48 މިނެޓު ވަންދެން މާލެ ތެރެ ފުޓް ޕެޓްރޯލްކޮށްފައި ވެއެވެ.

މީގެ އިތުރުން 5015 މީހަކު ހުއްޓުވައި ފުލުހުން ވަނީ ސުވާލުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުށުގެ ރިކޯޑު އޮތް 4،833 މީހުންނާއި ރިކޯޑު ނެތް 182 މީހުންނެވެ. އަދި ބިދޭސީންނާ ގުޅޭގޮތުން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގައި 13 ބިދޭސީއަކު އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފަ އެވެ.

މާލޭގެ މަގުތަކަކީ އަމާން މަގުތަކަކަށް ހެދުމަށް ފުލުހުން މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން، އެކި ސަރަަހައްދުތަކަށް ގިނަ ފުލުހުންތަކެއް ޕެޓްރޯލު ކުރުމަށް ހަރަކާތްތެރިވެ އެވެ. އަދި، ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ބައްދަލުވާ ގޮތަށް ފުލުހުންގެ ސިޔާސަތު ބަދަލު ކުރުން ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް